ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި

Loading

Facebook
Twitter
WhatsApp

 

ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކޮމިޔުނިކޭޝަން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެހެން ވުޒާރާއެއްގެ ދަށަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ދޭން 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކުރިން ހިންގަމުން ދިޔަ ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ  މިދިޔަ މަހު ފަސްވަނަ ދުވަހު އެވެ. އަދި އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ނަމަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އަދި ކުރިން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ނެޝެނަލް ޑްރަގް އޭޖޭންސް އެ މިނިސްޓްރީގެ ދަށުން ވަކިކޮށް ހެލްތު މިނިސްޓްރީގެ ދަށަށް ވެސް އެދުވަހު ބަދަލުކުރި އެވެ.

ވުޒާރާތަކަށް ގެނައި ބަދަލުގެ ދަށުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ހުރިހާ މަސައްކަތާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ހުރިހާ މަސައްކަތްތައް ދެން ހިނގާނީ ޓެކްނޮލޮޖީ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ނެވެ.

އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރަކަށް ރައީސް ސާލިހު އައްޔަނުކުރައްވާފައިވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް