ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަނީ

166

 

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އަންނަ މަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުން ތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ.އޭނާ ވިދާޅުވީ މި އެއްބަސް ވުންތައް މަސް ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައި ވާކަމަށެވެ.
” 14 ޖުލައިން ފެށިގެން ޖުމްލަ 30 ދުވަހުގެ ތެރޭގައި ހުރިހާ ބޭފުޅުންގެ އެގްރީމަންޓްތަކުގައި ސޮއިކުރެވޭނެ ކަމަށް،” އެޗްޑީސީއާ ހަވާލާ ދެއްވާ މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފްލެޓްތަކުގައި ކަރަންޓް މީޓަރު ލުމުގެ މަސައްކަތް މެދުކެޑުމަށްފަހު އެ މަސައްކަތް ކުރަން މާދަމާ ފަށާނެ ކަމަށެވެ. އަދި އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން އެ މަސައްކަތް ވެސް ނިންމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން 16 ޓަވަރުގެ ތެރެއިން ނުވަ ޓަވަރުގައި މެއިން ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް އެޗްޑީސީވަނީކަނޑައަޅާފައެވެ.

ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް ފިނިޝިންގް މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، މިޖޫން މަހުގެ ކުރިން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަނެއް ވެސް ވަނީ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ. އަދި މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ކުލި ކުޑަ ކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްހުށާއަޅާފައެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު މަބްރޫކް ވިދާޅުވީ އެ ކަމުގެ މަޝްވަރާ ކުރިއަށް ދާ ކަމަށެވެ.

ފްލެޓްތަކުގެ ގުރުތު ލުން ނިމިފައިވާއިރު ފްލެޓްތައް ހަވާލުކުރުން ލަސްވަމުންދާތީ ގިނަ ފާޑުކިއުންތަކެއް ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

1 ހިޔާލު

  1. Mabuburook vidhaalhu v July magu 14 in fashaane kamah! 2023 vana aharu vess july23 annaane! HDC in bunefa othee June 20 ga fashaane kamah. Aharu adhi saafeh noon. .Rayyithun haaluga jessumakee Indian sagaafatheh! Shukuriyyaa Raees.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ