މޮރޮކޯއިން އިޒްރޭލުގެ ޑިޕްލޮމެޓިކް މިޝަނަށް ބިން ކުއްޔަށް ދިނުމަށް ދެކޮޅު ހަދައިފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ޑިޕްލޮމޭޓަކު މޮރޮކޯއަށް ދިޔަތާ ހަމަސް ފާއިތުވެ ދިޔަ އިރުވެސް އޭނާ މަސައްކަތް ކުރަން ޖެހިފައިވަނީ އޭނާ ހުންނަ ހޮޓަލްގެ ކޮޓަރީގައެވެ. މީގެ ސަބަބުން ޑިޕްލޮމެޓިކު މަސައްކަތްތައް ކުރުމުގައި އެތައް ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ.

ޑޭވިޑް ބޮއިލިން މޮރޮކޯގައި ހުންނަ އިޒްރޭލު އޮފީހުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖެނުއަރީ މަހުއެވެ. އެއީ މިދިޔަ އަހަރު ފަހުކޮޅު މޮރޮކޯ އާއި އިޒުރޭލާ ދެމެދު ގުޅުން ބަދަހިވުމާ ގުޅިގެންނެވެ.

މޮރޮކޯއަކީ އިޒްރޭލާ ގުޅުން ބަދަހި ކުރި ހަތަރުވަނަ އަރަބި ގައުމެވެ. ބަހުރައިން އާއި ޔޫއޭއީ އިން އިޒުރޭލާ ގުޅުން ބަދަހި ކޮށްފައިވަނީ ސެޕްޓެމްބަރ މަހުއެވެ. އަދި ސޫދާން އިޒުރޭލާ ގުޅުން ބަދަހި ކުރީ މިއަހަރު ކުރީ ކޮޅުއެވެ. މޮރޮކޯގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މޮރޮކޯގެ ވެރިރަށް ރަބާޠުގެ ރައްޔިތުން ވަނީ އެމީހުންގެ ސިޔާސީ ލީޑަރުންނާއި ސަރުކާރު އިޒުރޭލުގެ ކުރިމަތީގައި ކުޑަކަކޫޖެހި ގޮތަށް އެމީހުން ކުޑަކަކޫ ނުޖަހާނެ ކަމަށް ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް