ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

އެ ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ޒުވާނަކު ކުޑަކުދިންގެ ބަގީޗާގެ ދޫނިތައް ހުންނަ ކުޑަ ކޮޓަރި އެއް ކަމަށް ބެލެވޭ ތަނެއްގެ ދޮރު ހުޅުވާފަ އެތާ އެތެރެށް ވަނުމަށްފަހު ފެހިކުލައިގެ ކޮތަޅެއް ހިފައިގެން ނުކުންނަ ތަނެވެ. ބެލެވޭ ގޮތުގައި ދޫނި އަޅާފައި އޮތީ އެ ކޮތަޅު ތެރެއަށެވެ. ބެލެވޭ ގޮތުގައި އޭނާ ވަތް ދޮރުގަ ހުރީ ވަރަށް ފަސޭހައި ވަދެވޭގޮތަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާ އަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.

ފުލުހުން ބުނީ މި މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރު ބުނުމަށްފަހު އެ މައުލޫމާތެއް ހިއްސާކުރެއްވުމަށެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް