މާލެ ސިޓީގެ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ގިނަ އަދަދެއްގެ ފޯނު ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ކަމަށެވެ. .
ފުލުހުން ބުނީ ހުކުދުވަހުގެ ހެނދުނު ހުށަހެޅި މައްސަލައާ ގުޅިގެން އެ އިދާރާއިން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި، ކްރެސްޓް، އަލީ ފައުޒާންއާއި، ތ. ތިމަރަފުށި، މާފޮޅޭގެ، އަބްދުއްލާ ސިމާހުއެވެ.
އެ އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. މިތަކެތީގެ އަގު 286000 ދިވެހި ރުފިޔާއަށް އަރާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
One Response
khiyaalakee avahah edhemeehun dhookollaa ekani hayyarukurumuge beynumenneh kamakah meehaku hayyarukureemaa anedduvahuaduivenee e ee kushugerikoduohmeeheh anedduvahuaduivenee eynaadhookoh laifi pols thahuqeequkurigothun nuvatha kuh saabithunuvaathee adi ethah kushuge rikodeh ebaoh dhenmikiyaneekeekeytha