އިސްރާއީލްގެ ސިއްރު ފުލުހުން އީރާނާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތައް ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތުތައް އިޒުރޭލުގެ ސިއްރުފުލުހުންގެ، (މޮސާޑްގެ) ކުރީގެ ވެރިޔާ، ހާމަކޮށް އިންޓަވިއުއެއް ދީފިއެވެ.

މޮސާޑްގެ ކުރީގެ ވެރިޔާ ޔޮއްސި ކޮހަން ވަނީ އީރާނުގެ ނިއުކްލިއަރ އާކައިވްއިން ވަގަށްނެގި މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.

އީރާނާ ދެކޮޅަށް 2018ގައި އިޒުރޭލުން ހިންގާފައިވާ ވެއަރ ހައުސް ރެއިޑްގައި އެތަކެއް ހާސް ޑޮކިއުމެންޓް ތަކެއް ވަނީ އިޒުރޭލަށް ގެންގޮސްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ނަތަނާޒްގައިހުރި ނިއުކުލިއަރ ފެސިލިޓީ ހަލާކު ކޮށްލުމުގައްޔާއި، ނިއުކުލިއަރ ސައިންޓިސްޓު މަރާލުމުގައި އިޒުރޭލުގެ ހިއްސާއެއް އޮވެދާނެކަމަށް ގަބޫލު ކުރެވޭ ފަދަ ވާހަކަތަކެއް ވެސް ދައްކަވާފައެވެ.

ކޮހެން މޮސާޑުގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ހަފުތާގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް