މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުވާ މީހަކު އާންމުން ފުލުހުންނާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އަދި އެތަކެތި ފޮރުވައިގެން އުޅުނު ކަމަށް ތުހުމަތުވާ މީހަކު ހިފަހައްޓާ އާންމުންގެ ބަޔަކު އޭނާ ފުލުހުންނާ ހަވާލު ކޮށްފި އެވެ.

ފުލުސް މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓްތަކަކާއެކު 24 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މި މީހާ ހިފަހައްޓާ ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މަގުމަތީގައި ދެ ކަކޫ ޖަހާގެން އިށީދެގެން އިން ޒުވާނަކާ އާންމުންގެ ބަޔަކު ދިޔައީ ސުވާލުތަކެއް ކުރަމުންނެވެ. ސުވާލުތައް ކުރަމުންދިޔއީ އޭނާގެ ގައިގައި ހިފަހައްޓައިގެންނެވެ. އެ ވީޑިއޯގައި އެމީހާ ވަނީ އޭނާ މިސްކިތުގައި މަސްތުވަތަކެތި ބޭނުންކުރިކަމށް އިންކާރުކޮށްފައެވެ. އަދި ދެ ކަކޫ ޖަހައިގެން އިށީދެގެން އިން މީހާގެ ކުރިމަތީގައި ޕޭވްމަންޓް މަތީގައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓަކީ އޭނާ ފާހަނަ ތެރެއިން ނެރުނު އެއްޗެއް ކަމަށް ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ނަމާދު ނުކުރާތީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ބައެއް މީހުން އެމީހުންގެ ހާއްޔަކަށް މިހާރު ހަދާފައިވަނީ މިސްކިތްތަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް