ތުރުކީ ވިލާތުން އައިއެސްގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ 14 މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ތުރުކީވިލާތުން ހާމަކުރި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ތުރުކީ ވިލާތުގެ އެކި ކަންކޮޅު ތަކުގައި ޓެރަރިޒަމް ގެ ޢަމަލުތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ”ދާއިޝް ޓެރާ ގްރޫޕް“ އަށް ނިސްބަތްވާކަމަށް ތުހުމަތު ކުރެވޭ 14 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އައިއެސްއެސްއަށް ފައިސާ ހޯދާ ނެޓްވޯރކަށް އަމާޒުކޮށް އެންޓި-ޓެރަ ޕޮލިސްއިން އެރްޒުރުމްގެ އިރުމަތީ ޕްރޮވިންސްގައި މި އޮޕަރޭޝަން ހިންގާފައި ވަނީ އެސަރަހައްދުގެ ޕޮލިހުންނެވެ.

މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކަކީ އެ ޓެރަރިސްޓު ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ ޖަމިއްޔާގެ ފައިސާއާ ބެހޭ މުއާމަލާތްތައް ބެލެހެއްޓި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެކެވެ. މި މީހުން ހައްޔަރު ކުރެވިފައިވަނީ ތުރުކީގެ ހަތް ހިސާބެއްގައި އެއްފަހަރާ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް