މޮރޮކޯގެ ސަފީރުކަމަށް ޑރ. އާސިމް އައްޔަނުކުރުމަށް މަޖިލީހަށް ހުށައަޅައިފި

Loading

Facebook
Twitter
WhatsApp

 

 

މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހްމަދު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ހުށައަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޑރ.އާސިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ. އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް ޑރ. އާސިމް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގައެވެ.

އާސިމް ވަނީ ޔުނިސެފާއި އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތް ކުރައްވައިފަ އެވެ.

ޑރ. އާސިމް އަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. އާސިމް އަހުމަދަކީ މީގެ ކުރިން ވަނީ ސަރުކާރުގެ އިސް މަގާ މުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވ. އޭގެ ތެރޭގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމާއި، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމު ފުރުއްވާފައިވެއެވެ. އަދި މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނުގައި ވެސް އެމަނިކުފާނު ވަނީ ހިދުމަތްކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް