މިއަދުގެ ގަދަ މެޗަކަށް ވާނީ އިންގްލޭންޑް- ކްރޯޝިއާ މެޗު، ފަށާނީ 6.00ގައި

Loading

Facebook
Twitter
WhatsApp

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ފޯރިގަދަ މެޗަކަށް ވާނީ އިންގްލޭންޑާއި ކޮރޯޝިއާ ބައްދަލު ކުރާ މެޗެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 6.00 ގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިނގިރޭސި ޓީކަމީ މުބާރާތުގައި ވާދަކުރާ 24 ޓީމުގެތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއްޓީމެވެ. އޭގެ އިތުރަށް މެޗު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމުން އެޓީމަށް ކުޅެން ފަސޭހަވާނެއެވެ. ޓީމުގައި ގިނައީ ޒުވާން ކުޅުންތެރީންނެވެ. ކްރޯޝިއާ ޓީމަކީ ވެސް ޔޫރަޕްގައި ނަން ހިނގާ ޓީމެކެވެ. ނަމަވެސް ޓީމުގައި ތިބި މަޝްހޫރު ކުޅުންތެރީން ފާހަގަކުރެވެނީ ދުވަސްވީ ކުޅުންތެރީންތަކެއްގެ ގޮތުގައެވެ.

އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާ މެޗު ފަށަން ހަމަޖެހިފައިވަނީ ރޭގަނޑު 9.00ގައެވެ. މެޗު ކުޅޭނީ ބުކަރެސްޓުގެ ނެޝެނަލް އެރީނާގައެވެ.

ނެދަލޭންޑާއި ޔޫކްރޭން މެޗު ފަށާނީ މެންދަމު 12.00ގައެވެ. މެޗު ކުޅޭނީ އަމްސްޓަރޑަމްގެ ޖޯން ކްރައިފް އެރީނާގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް