ގެއެއްގައި ހުރި ދެ ސައިކަލެއްގައި ރޯވެ އަންދައި ހުލިވެއްޖެ

Loading

Facebook
Twitter
WhatsApp

ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ބަހައްޓާފައިހުރި ދެ ސައިކަލެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.

ހުކުރު ވިލޭރޭ ދޭއް ޖަހާ އެހާއްކަށްހާއިރު ހިނގި މިހާދިސާގައި އެގޭގައި ހުރި ދެ ސައިކަލުގެ އިތުރުން ބެޓަރި ބައިސްކަލެއް ވެސް ވަނީ އަނަދައި ހުލިވެފައެވެ.

ސައިކަލްތައް ބަހައްޓާފައި ހުރީ ގެޔާއި އިންވެގެން ވަކިން ހަދާފައިހުރި ފެންޑާއެއްގައި އެވެ. މި ހާދިސާގައި ސައިކަލްތައް ބަހައްޓާފައިހުރި ފެންޑާ އަނދައި ހުލިވެގައިވާއިރު އެގެޔަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުންވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގިއިރު އެތަނުގައި ތިން ސައިކަލެއް ހުއްޓެވެ. އެއް ސައިކަލް ހުރީ އަނދައި ހުލިވި ސައިކަލްތަކާ ތަންކޮޅެއް ދުރުގައި ކަމަށްވުމުން އެ ސައިކަލް އަދައިގެން ދިއުމުގެ ކުރިން ދުރަށް ޖެއްސީކަމަށް އާއިލާ މީހަކު ބުނެއެވެ. އެ ސައިކަލް އެއްކޮށް އަނދާފައި ނުވިނަމަ ވެސް އެ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ. އާއިލާއިން ތުހުމަތުކުރަނީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އަލިފާންގަނޑު ނިއްވައިލީ އެންއެންޑީއެފުން ކަމަށެވެ.

މި ހާދިސާ އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް