މިއަދާއި މިރޭ ޔޫރޯގެ ތިން މެޗު، ފޯރީ ގަދަވާނީ ދަންވަރު ކުޅޭ ބެލްޖިއަމް- ރަޝިއާ މެޗު

Loading

Facebook
Twitter
WhatsApp

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ހުކުރު ދުވަހުގެ ރޭ ފެށި ޔޫރޯ ފުޓު ބޯޅަ މުބާރާތަގައި މިއަދާއި މިރޭ ތިން މެޗު ކުޅެން ހަމަޖެހިފައިވެއެވެ. ހަވީރު 6.00 ގައި ފަށާ މެޗުގައި ވާދަ ކުރާނީ ވޭލްސްއާއި ސްވިޒަލޭންޑެވެ. މިރޭގެ ދެވަނަ މެޗު ފަށާނީ 9.30 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޑެންމާކާއި ފިންލޭންޑެވެ. އަދި މެންދަމު 12.00ގައި ފަށާ ފޯރިގަދަ މެޗުގައި ވާދަކުރާނީ ރަޝިއާއާއި ބެލްޖިއަމްއެވެ.

މުބާރާތުގެ ކަންތައް ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ބެލްޖިއަމްއަކީ މުބާރާތުގައި ކުޅޭ އެންމެ މޮޅު އެއްޓީމެވެ. ކަން އެހެން އޮތުމުން ބެލެވެނީ ރަޝިއާއާއި ބެލްޖިއަމްގެ މެޗު ވަރަށް ފޯރީގަދަވާނެކަމަށެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ތުރުކީއާ ބައްދަލުކޮށް އިޓަލީ ވަނީ ތިނެއް ސުމަކުން މޮޅުވެ، ތިން ޕޮއިންޓު ހޯދާފައެވެ. އިޓަލީ ގުޅިގެން މޮޅު ކުޅުމެއް ކުޅުނުއިރު މުޅި މެޗުގައި ތުރުކީއަށް ޖެހުނީ ދިފާއީ ކުޅުމެއް ކުޅޭށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް