ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި ހާއްސަ އޮފަރޭޝަނެއް ފަށައިފި  

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މިދިޔަ މަހު ހައެއްގައި ދިން ހަމަލާއާ ގުޅިގެން ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި ހާއްސަ އޮފަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހިންގާ އޮޕަރޭޝަނުގައި މާފުށީ ޖަލާއި މާލެ ޖަލުގައި ރޭ ފަތިހުން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އެ އިދާރާގެ އިތުރުން ސިފައިންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ.

އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ އޮފިސަރުންގެ ބޮޑު ފައުޖެއް ހަތިޔާރާއެކީ މާފުށީ ޖަލުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މި ފައުޖުގައި ހިމެނެނީ ކިތައް މީހުންކަމެއް މިހާތަނަށް ސާފުނުވިނަމަވެސް 200 އަށްވުރެ ގިނަ އޮފިސަރުން ހިމެނޭކަމަށް ލަފާކުރެވެއެވެ.  އެ ފައުޖުން ދަނީ ޖަލުގެ ގޮޅިތަކަށްވަދެ އެތަންތަން ބަލައި ފާސްކުރަމުންނެވ.

ކަރެކްޝަނަލް ސާވިސްއިން ކުރި ޓްވީތެއްގައި ބުނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާ ސިފައިންނާއެކު އޮޕަރޭޝަނެއް ހިންގަމުން އަންނަކަމަށެވެ.

”މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މިސާވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިނގަމުންނެވެ.“ ކަރެކްޝަންސް އިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުން ބައެއް މީހުންވަނީ ހައްޔަރުކޮށްފައެވެ.

ޖަލަކީ ހަރުކަށިފިކުރު އެންމެ ބޮޑަށް ފަތުރާ ތަނެއްގެ ގޮތުގައި ތުހުމަތުކުރާ އެއް ތަނެކެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި މާފުށީ ޖަލުގައި ކުރިން ބަންދުކޮށްފައި ތިބިމީހުން ހިމެނެއެވެ. އެމީހުން ހަރުކަށި ފިކުރަށް ބަދަލުވީ

ޖަލުގައި ދުވަސްތައް ހޭދަކުރިއިރު ކަމަށް ތުހުމަތުކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް