އަންހެން ކުދިންގެ ޒާތީ މައުލޫމާތު ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ ކުރިއަށް ހުރި ވަގުތުތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ޓްލެގްރާމް ޕޭޖްގައި އަންނަނީ ދިވެހި އަންހެންކުދިންގެ ފޯނު ނަންބަރާއި، ފޮޓޯ އަދި ސޯޝަލް މީޑީއާގެ އެކި އެކައުންޓްތަކުގެ މައުލޫމާތު ވިއްކަމުންނެވެ.
އެ ގްރޫޕްގެ މައުލޫމާތު ޓްވިޓާގައި މީހަކުވަނީ އާންމުކޮށްފައެވެ. އޭނާ މައުލޫމާތު އާންމުކޮށްފައިވަނީ އެ ގްރޫޕް ހިންގާ މީހާކަމަށް ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތާ ވެސް އެކުއެވެ. އެ ގްރޫޕުގައި 500 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
One Response
ކޮންމެ މީހަކުވެސް ބަލަނީ އެމީހަކަށް ކުރެވުނުކަމެއް ކޮސްގެން ލާރި ފޮއްޗެއްހަދަން. ހަމަ އެހެންމެ ވެންޓިލޭޓަރު ވަގުވެސް. ކުދި މީހުން ކުޑަކޮށް ބޮޑުމީހުން ބޮޑުކޮށް. މަކަރާ ޙީލަތާއި ވައްކަމާއި ފޭރުން ދިވެހިންގެ އާދަކާދަކައަކަށް ހެދައި ނިންމައިފިއެވެ. ސޯ ސޭޑް!