ދުނިޔޭގެ ރެކޯޑެއް: ދެކުނު އެފްރިކާގެ ދެމަފިރިއަކަށް އެއްމާބަނޑު 10 ކުދީން

Facebook
Twitter
WhatsApp
10 kudheen

ދެކުނު އެފްރިކާގެ ދެމަފިރިއަކަށް އެއްމާބަނޑު 10 ކުދީން ލިބިއްޖެއެވެ.

މީޑިއާއިން ޚަބަރުދިން ގޮތުގައި އުމުރުން 37 އަހަރުވީ ގޮސްޔާމީ ތަހެމާރާގެ ބަނޑުން 10 ކުދީން ނެގީ އޮޕްރޭޝަން ކޮށްގެންނެވެ. އެ 10 ކުދީންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެން ކުދީންނާއި ތިން އަންހެން ކުދީންނެވެ. ދިހަ ކުދީން ލިބުމުން ކުރިން މޮރޮކޯގެ އަންހެނަކު މީގެ ކުރީން ގާއިމުކޮށްފައިވާ ނުވަ ކުދީން ވިހެއުމުގެ ރިކޯޑު މުގުރާލައި އައު ރެކޯޑެއް ގާއިމު ކުރެވުނީއެވެ.

މީގެ ކުރިން އެއްމާބަނޑު ނުވަ ކުދީން ވިހެއުމުގެ ރެކޯޑު ގާއިމުކޮށްފައި ވަނީ މި އަހަރުގެ މޭމަހުގެތެރޭގައި މޮރޮކޯގެ އަންހެނެއްކަމުގައިވާ ޙަލީމާ އޭ ކިޔާ އަންހެނެކެވެ.

ވިހެއުމުގެ ކުރިން ހެދި ސްކޭނުން އަންހެން މީހާގެ ބަނޑުގައި އަށް ކުދިން އޮތް ކަމަށް ދެއްކިޔަސް އޮޕްރޭޝަން ކުރުމުން ސްކޭނުން ދެކުދީން ފެންނަން ނެތްކަން އެނގުނެވެ.

އެއްމާބަނޑު 10 ކުދީން ލިބުމުން އުފަލުން ފޮޅިފައި ތިބި ދެމަފިރިން މީޑިއާއާ ވާހަކަދައްކަމުން ބުނީ އެމީހުންނަށް އެންމެ ފުރަތަމަ ލިބުނީ ވެސް އެއްމާބަނޑު ދެކުދީން ކަމަށެވެ. އެ ދެ ކުދީންނަށް މިހާރު ހަ އަހަރު ވެއްޖެއެވެ.

ގޮސްޔާމީ މާބަނޑު ދުވަސްވަރު ދިން އިންޓަވިއުއެއްގައި ބުނީ ބަލިވެއިންދުވަސްވަރު ވަރަށް ބޮޑަށް ދަތިތަކާއި ވޭނާ ކުރިމަތިލާން ޖެހުނަސް ފަހުން އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.

އޭނާގެ އެދުމަކަށް ވެފައި ވަނީ އޭނާގެ ހުރިހާ ކުދީންނަކީ ވެސް ސިއްހަތު ރަނގަޅު ބަޔަކަށް ވުމެވެ.

 

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ އަޕްޑޭޓް