ޝާހިދުގެ މަންދޫބަކަށް ތިލްމީޒާ

Loading

Facebook
Twitter
WhatsApp

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެން ހަމަޖައްސަވައިފި އެވެ.

ތިލްމީޒާއަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވެސް މެއެވެ.

މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވެފައި ވަނީ އޭނާގެ ޓީމަކީ ޖިންސުގެ ހަމަހަމަކަން އޮންނަ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލް ކުރާ ޓީމަކަށް ވާނެ ކަމަށެވެ.

އެ ޓީމު ވާނީ އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމެއް ކަމަށާއި ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް އޭގެތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް