ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި!

Loading

Facebook
Twitter
WhatsApp

​މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ، މަހުލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އޭނާއަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ މަސައްކަތުން އެކަހެރިކުރަން ނިންމާފައިވާ ކަަމަށެވެ.

​އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަން މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ނަމަވެސް އޭނަ ވަނީ އެކަމަށް އިންކާރުކޮަށްފައެވެ. އަދި ޚިޔާނާތުގެ ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މީގެ ކުރިން އޭނާ ވިދާޅުވެފައިވެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް