އިންޑިއާގެ ކާރުޚާނާއެއްގައި ރޯވެ 18 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ޕޫނޭގައި ކެމިކަލް ކާރުޚާނާއެއްގައި ރޯވުމުގެ ސަބަބުން 18 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.

ނިއުސް އެޖެންސީތަކުން ޚަބަރުދިން ގޮތުގައި ހޯމަދުވަހު މެންދުރުފަހުން ކާރުޚާނާގައި ކުއްލިއަކަށް ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ފިހި އަދި އެކިގޮތްގޮތަށް ޒަޚަމްވި މީހުން ކާރުޚާނާއާ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކާރުޚާނާގައި އަލިފާނުގެ ހާދިސާއެއް ހިނގި ޚަބަރު ލިބުމާއެކު އަލިފާން ނިއްވާ މީހުންނާއި ތަކެތި އެތަނަށް ގެންގޮސް ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ.

އަލިފާން ރޯވިއިރު ކާރުޚާނާގައި ތިބި މީހުންގެތެރެއިން 20 މީހުން ވަނީ ސަލާމަތުން ބޭރަށް ނެރެފައެވެ. ކާރުޚާނާ ހިންގާ މީހުން ބުނިގޮތުގައި އެތަނުގައި މަސައްކަތް ކުރަމުންދިޔައީ 38 މީހުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އަލިފާނުގެ ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ސަރުކާރުން ދެ ލައްކަ ރުފިޔާ ދޭނޭކަމަށް ވިދާޅުވެފައެވެ. އަދި ޒަޚަމްވި ކޮންމެ މީހަކަށް 50 ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ މީޑިއާއިން ޚަބަރުދިން ގޮތުގައި އަލިފާން ރޯވި ކާރުޚާނާއަކީ ސެނިޓައިޒަރ އުފައްދާ ތަނެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް