އަމީރު އަހްމަދު ހިންގި ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް

Loading

Facebook
Twitter
WhatsApp

ކުރީގެ އަމީރު އަހްމަދު ސްކޫލް ހިންގި ބިން، ތަޢުލީމުދޭ މަރުކަޒެއް ހިންގުމަށް 35 އަހަަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް  މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް  ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންކަމަށާ މި ބިމިގައި ތައުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް 35 އަހަރަށް ދޫކުރުމަށް މި ނިންމީ ކައުންސިލްގެ އިއްތިފާޤުން ކަމަށެވެ.

އަމީރު އަހްމަދު ސްކޫލް ހިންގި ބިމަކީ، އަމީރުއަހްމަދު ޕްރީ ސްކޫލް އަދި ހެންވޭރު އަވަށު އޮފީހުގެ ގޮތުގައިވެސް ބޭނުންކުރި ބިމެކެވެ. މިހާރު އެ ބިމުގައި ހިންގަނީ އަމިއްލަ ފަރާތެއްކަމަށްވާ އައިލެންޑަރސް އެޑިއުކޭޝަނުން ހިންގާ ޕްރީ-ސްކޫލެކެވެ.

މިދިޔަ އަހަރުވެސް ވަނީ އިއްޒުއްދީން ސްކޫލްގެ ނަމުގައި މާލޭގައި އިތުރު ސްކޫލެއް ހުޅުވާފައެވެ. އަދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ ފަށާފައެވެ. މި ސްކޫލް ތަރައްގީކުރަނީ 1000ކުދިންނަށް ކިޔަވައިދެވޭނެ ޖާގައާއެކުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Loading

One Response

  1. ވަރަށް ރަނގަޅު. ޕާޓީ ލައިނުން ނުބައްލަވާ ގައުމުގެ ދަރިން ބިނަކުރުމުގައި ފުލް އެއްބާރުލުން ދެއްވުން ވަރަށް ބެސްޓް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް