ޗުއްޓީއާ ދިމާކޮށް އިންޑިއާ ޓީޗަރުންނަށް މޯލްޑިވިއަނުން ހާއްސަ ފްލައިޓްތަކެއް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުން ބޮޑު ޗުއްޓީއާ ދިމާކޮށް އެނބުރި ގައުމަށް ދާން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިތުރު ފްލައިޓް ތަކެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަނުުން ބުނީ ބޮޑު ޗުއްޓީއާ ދިމާކޮށް އިންޑިއާ ޓީޗަރުންނަށް ހާއްސަ ކުރާ ފްލައިޓްތައް އޮންނާނީ މިމަހުގެ 18 އާއި 19 އެ ދެ ދުވަހު ކަމަށެވެ.

މި ދަތުރުތައް އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަށް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

އެ ކުންފުނިން ބުނީ އެއީ މި މަހުގެ 18 ވަނަ ދުވަހު ކޮޗިންއަށް އަދި 19 ވަނަ ދުވަހު ޓްރިވެންޑްރަމަށްކަމަށެވެ.

މި ފްލައިޓުތައް ޓީޗަރުންނަށް ހާއްސަކުރި ނަމަވެސް ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވެސް ދަތުރުކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ސްކޫލް ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. މިއަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކެއް އިންޑިއާގެ ދެ ސިޓީއަކަށް ބާއްވާއިރު އިންޑިއާގެ ބަޖެޓު އެއާލައިންއެއްގެ އިތުރުން ތިން އެއާލައިނަކުން ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.

Loading

One Response

  1. Thibeyfulhun ah ok dhoa flight baavvaifiyyaa. Meehun heyaruvaalaavaruge agubodukoh ticket vikkany. MoE in India teacher akah dhekolhah dheefainnany 6 thousand konmesvareh. Thibunaa Maldivian in kolhakah kiriyaa e adhadhu naarany. So kabaru suruheenves v agubodukan engenjehey ekamu fennany. Evaru aruvaalaairy.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް