ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް އަންނަ ހަފްތާގައި ފަށަނީ

Loading

Facebook
Twitter
WhatsApp

 

ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވެފައިވާ ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް މި މަހު 15 ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ކުޅުދުއްފުށި އެއަރޕޯޓްގެ ޓާމިނަލް އިމާރާތުގެ ދޮރުތައް ވެއްޓި އިމިރާތަށް ގެއްލުންވެފައިވާއިރު އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވަނީ ވެއްޔާއި ގާ އަރައިފަ އެވެ. އަދި ހޯރަފުއްޓާ ހޯރަފުށީ އެއަރޕޯޓް ގުޅާލާ ކޯޒްވޭއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ގެއްލުންތަކުގެ ސަބަބުން އެއަރޕޯޓަށް ދަތުރުތައް މެދުކަނޑާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހޯރަފުށީ އެއަރޕޯޓް ވިއްސާރާގައި ގެއްލުންވީއިރު އެއާ ޕޯޓްހުރީ އިންޝުއާ ވެސް ނުކޮށެވެ.

އުދައެރުމުގެ ސަބަބުން ޓަރމިނަލަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނީ އުދަ އެރުމުގެ ސަބަބުން ރަންވޭއަށް އެއްވެސް ގެއްލުމެއްވެފައި ނެތްކަމަށެވެ. ރަންވޭއަށް ގެންލުންވިތޯބެލުމަށް އެކުންފުނިންވަނީ ސާވޭއެއްކޮށްފައެވެ.
އެއާޕޯޓު އަޅާފައިވަނީ ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއްހިއްކައިގެންނެވެ.
ޖުމްލަ 211 މިލިއަން ރުފިޔާ ހަރަދު ކުރި މި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް