ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް އިއުލާންކުރުން ލަސްކޮށްފި

Loading

Facebook
Twitter
WhatsApp

 

މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާންކުރުން ލަސްކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓު އިއުލާން ކުރުން ލަސްކުރަން ނިންމީ ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ތަނުގެ މުއައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށެވެ.

އަދި މީގެ އިތުރުން ސްޓޫޑެންޓް ލޯނާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ވީހާވެސް ރަގަޅަށް ބެލުމަށްފަހު ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ވެސް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނަށްދޭ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާން ކުރަން ކުރިން ނިންމާފައިވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

އެހެންނަމަވެސް މިހާރު ދާއިމީ ލިސްޓު އިއުލާން ކުރަން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.

މި ލޯންސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލޯން ލިބެއެވެ. އެގޮތުން 290 ޖާގަ އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް ޚާއްސަ ކުރިއިރު 471 ޖާގަ ހާއްސަކޮށްފައިވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.

މިނިސްޓްރީން ބުނީ ލޯން ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާން ކުރުން ލަސްވިނަމަވެސް ލޯން ސްކީމުން ފުރުސަތު ލިބޭ ދަރިވަރުންގެ ތެރެއިން މިހާރު ކިއަވަމުންދާ ދަރިވަރުންނަށް މިހިނގާ ސެމިސްޓަރގައި ލިބެންޖެހޭ ފައިސާ، އެ ދަރިވަރުން އަމިއްލަ ގޮތުން ހަރަދުކޮށްފައިވީ ނަމަވެސް، އެ ފައިސާ ލިބޭނެކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތަށް ބަލާފަ މި ލޯނު ސްކީމުގެ ދަށުން ކިޔެވުން ފެށުމަށް ދީފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ. މީގެ ކުރިން ލޯންތައް ދޫކުރަނީ ލޯނު ލިބޭތާ 12 މަސްދުވަހުގެ ތެރޭ ކިޔަވަން ފަށާގޮތަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ލޯނު 417 ދަރިވަރަކަށް ލިބުނުކަން އަންގާ ވަގުތީ ލިސްޓެއް ނެރެފައެވެ.

137 މިލިޔަން ރުފިޔާގެ މި ލޯން ސްކީމްއަކީ މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް