ޝާހިދު ވާދަކުރައްވާ އދ ގެ އާންމު މަޖިލީހުގެ ރައީސަކު ހޮވުން މިރޭ

Loading

Facebook
Twitter
WhatsApp

 

 

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ވާދަކުރައްވާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ  އިންތިހާބު މިރޭ އޮންނާނެއެވެ.

މި އިންތިހާބު އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ. މި އިންތިހާބުގައި ޝާހިދުއާ ވާދަކުރައްވަނީ އަފްއާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ.
މި އިންތިހާބު ކާމިޔާބު ކާމިޔާބު ކުރުމަށް ރާއްޖެއިން ކެމްޕެއިން ކުރުމަށް ސަރުކާރުގެ ބަޖެޓުން ވަނީ 4.3 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

އިންތިހާބު ކާމިޔާބު ކުރުމަށް އެކި ގައުމުތަކުގެ ތާއީދު ހޯދަން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ

މިހާތަނަށް ކުރެވިދިޔަ މަސައްކަތްތަކަށް ބަލާއިރު، އިންތިހާބު ކަމިޔާބު ކުރެއްވޭނެކަމުގެ ވަރަށްބޮޑު އުންމީދެއް އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދުއަށް ތާއީދުކުރައްވާނެކަން ގިނަ ގައުއުމުތަކަކުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މި ސަރުކާރުން ގާތްގުޅުމެއް ބާއްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާ ވެސް ހިމެނެއެވެ.

މިއިންތިހާބުގައި ރައީސްކު ހޮވަނީ އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމުގެ މެދުގައި ނަގާ ސިއްރުވޯޓަކުންނެވެ.

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
އިންތިހާބުކުރަނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ.

މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރައީސްކަމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޤައުމަކަށެވެ.

އާންމު މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުން ފަދަ ބާރުތައް ލިބިގެންވެ އެވެ.

Loading

One Response

  1. ތިކަންތައް ވެގެން ދާނީ ރާއްޖެ އަށް ލިބޭ ފަޚުރަކަށް
    ޝާހިދު އަކީ ވަރަށް ޤާބިލް ބޭފުޅެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް