ކޮވިޑް19: އިތުރު 552 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 552 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 249 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 31 މީހަކާއި އަލަށް ތަރައްޤީ ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް

271 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 68,502 އަށް އަރައިފައެވެ. އޭގެ ތެރޭގައި 18,462 އެކްޓިވް ކޭސް ހިމެނޭއިރު 164 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 187 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 49,844 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް