ވިހަންގެންދިޔަ އަންހެނެއްގެ އޯވަރީން ދެ ކިލޯއަށްވުރެ ބަރު ސިސްޓެއް ނަގައިފި

Loading

Facebook
Twitter
WhatsApp

 

 

ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަ ( ކޭއާރުއެޗު)ށް  ވިހަން ގެންދިޔަ އަންހެނެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ.

ކޭއާރުއެޗުން ބުނީ އެ އަންހެންމީހާ އަކީ ރ ހުޅުދުއްފާރުން ވިހަން ގެންދިޔަ މާބަނޑު މީހެއް ކަމަށާއި އެ އަންހެންމީހާ ވިހަން ގެންދިޔައީ ދުވަސްފުރާ ވިއެއުމަށް ކަމަށެވެ.

އަދި ސްކޭން ކުރުމުން ވާތް ފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން ފާހަގަކުރެވިގެން ބޮޑު އޮޕަރޭޝަނެއްކުރީއެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ބޮޑު އޮޕަރޭޝަނުގައި މި އަންހެން މީހާގެ އޯވަރީން ނެގި ސިސްޓްގައި ބަރުދަނުގައި 2.4 ކިލޯ ހުރިއިރު، ސިސްޓްގެ ދިގުމިނުގައި 24 ސެންޓި މީޓަރު އަދި ފުޅާމިނުގައި 20 ސެންޓި މީޓަރު ހުރިކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އޯވަރީ ނެގުމަށް ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު އަންހެން މީހާގެ ގަޔަށް ތިން ޕައިންޓް ލޭ އަޅަންޖެހުނުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އޮޕަރޭޝަނަށްފަހު ދެ މައިންވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި ދެ މައިންގެ ހާލު ރަނގަޅުކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީ މާލެ ނޫން ރަށެއްގައި މި ފަދަ ބޮޑު އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ޒުވާން އަންހެން ކުއްޖެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގައި ފައެވެ. އެ ސިސްޓްގެ ބޮޑު މިނުގައި ހުރީ 11*10 ސެންޓިމީޓަރެވެ.

Loading

One Response

  1. މައުލޫމާތުގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވޭ. މައުލޫމާތު ސައްހަ ކުރުމަށް ފަހުގައި ނޫނީ ރައްޔިތުންގެ ތެރެއަށް ފަތުރާ ނުލުމަށް ސަމާލުވުން ހުރި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް