ކޮރޯނާ ވައިރަހާ ގުޅޭގޮތުން ޑރ. ފައުޗީއަށް ބޮޑެތި ތުހުމަތު ކުރެވޭ ހެކިތަކެއް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އެން.އައި.އޭ.ޑީއިން ހާމަކޮށްފައިވާ ގޮތުގައި 2014-2019 ވަނަ އަހަރުގެ ނިޔަލަށް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ކޮރޯނާ ވައިރަހާ ބެހޭ ދިރާސާތައް ކުރުމަށް ފަންޑު ދީފައިވެއެވެ.

އެން.އައި.އޭ.ޑީ އަކީ އެމެރިކާގެ ސިއްހީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ އެންތޮނީ ފައުޗީ ހިންގަވަމުންގެންދަވާ ކުންފުންޏެކެވެ. އެ ކުންފުނިން 826277 ޑޮލަރުގެ މާލީ އެހީތެރިކަން ވޫހާންގެ މި ރިސާޗް ފެސިލިޓީއަށް ފޯރުކޮށްދީފައިވާކަން ހާމަވާ 280 ސަފުހާގެ މައްޗަށް އެކުލެވިގެންވާ ލިޔުންތައް ހޯދިފައިވާކަމަށް އެމެރިކާގެ ޖުޑިޝަލް ވޮޗްއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުންތަކުން ހާމަވާ ގޮތުގައި ޑރ. ފައުޗީ ވަނީ ވޫހާންގެ ލެބޯޓްރީއަކަށް ކޮރޯނާ ވައިރަސް މީހުންނަށް ޖެހޭ މިންވަރު އިތުރުކުރާނެ ގޮތްތައް ހޯދުމަށް ދިރާސާ ކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ޑރ. ފައުޗީ މިހާރު ހުންނެވީ އެމެރިކާގައި ކޮރޯނާ ވައިރަސް ވެކްސިނޭޝަން ޕޮލޮސީތައް ކަނޑައަޅުއްވާ ކޮމީޓީގެ އިސް މެމްބަރެއްގެ ގޮތުގައެވެ.

މިކަން ހާމަވުމާއި ގުޅިގެން އެމެރިކާގެ ސިޔާސީ ބައެއް ލީޑަރުން ވަނީ ޑރ.ފައުޗީ މިހާރު ހުންނެވި މަގާމުން އޭނާ ވަކިކުރުމަށް ގޮވާލައްވާފައެވެ.

މި މައްސަލަ ކޯޓަށް ގެންދިޔުމަށް ތައްޔާރުވަމުންދާކަމަށް ސެނޭޓާ ރޭންޑް ޕައުލް ވަނީ ނޫސްވެރިންނާ މުޚާޠަބުކުރައްވައި ވާހަފުޅުދައްކަވަމުން ވިދާޅުވެފައެވެ. އަދި މިކަމާ ބެހޭ ތަހުގީގުތައް ކުރަން ފެށުމާ ގުޅިގެން އޭނާގެ އާއިލާއަށް މަރުގެ އިންޒާރުދީ އެތައް ފޯނުކޯލެއް ލިބިފައި ވާކަމަށް ވެސް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް