އިންޑިޔާއިން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ހިލޭ ވިސާ ދޭގޮތަށް ހަދަން ނިންމައިފި

އިންޑިޔާގެ ފިނޭންސް މިނިސްޓަރ، ނިރްމާލާ ސީތަރާމަން މިދިޔަ ހޯމަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ކޮވިޑް-19ގެ ވަބާއަށް ފަހު ގައުމުގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ހަދާފައިވާ ރިކަވެރީ ސްޓިމިއުލަސްގެ ދަށުން އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ހަދާފައިވާ ޕްލޭން ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން އިންޑިޔާއަށް ދާ ފަތުރުވެރިންނަށް ވިސާ ހިލޭކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ޚަބަރު އޭނާ ވަނީ ދެއްވާފައެވެ. މި ސްކީމުގެ ދަށުން ވިސާ ދޫކުރުން ކުރިޔަށްދާނި 2022 ވަނަ އަހަރުގެ މާރޗް މަހުގެ 31 […]

ހިޔާ ފްލެޓްގެ އަގު ކުޑަކުރާނަމަ ސަރުކާރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހޭނެ: ރައީސް

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އަގު އިތުރަށް ކުޑަކުރަންވެއްޖެނަމ ދައުލަތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށާ މިހާރުގެ އަގަށް އިތުރު ބަދަލެއް ގެނެވިދާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ބޭއްވި ނީސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަރަށް ބޮޑުތަން ކުޑަކޮށްދީފައިވާ ކަމަށެވެ. ”މިއަށްވުރެ ކުޑަކުރާކަމަށްވަންޏާ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަންޖެހޭނެ. މިހާރުވެސް […]

ޒުވާނަކަށް އަނިޔާ ކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

    ޅ. ނައިފަރު ޒުވާނަކަށް އަނިޔާ ކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، ދެ ފުލުހެއްގެ ރޭންކް ދަށްކޮށްފި އެވެ. ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ފުލުހުންގެ ވަޒީފާއިން ވަކިކުރި ތިން މީހުން ވަޒީފާއިން ވަކިކުރީ ނައިފަރުގައި މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން އެމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ކަމަށެވެ. އަދި މީގެ އިތުރުން އެހެން […]

ޓެރަރިޒަމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ފަރަހަތަކަށް ނުޖެހޭނަން: ރައީސް

  ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ މީހުންގެ ނުރައްކާތެރިކަމުން ރާއްޖެ ސަލާމަތްކުރުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާ ގުޅިގެން ސަރުކާރުން އަންނަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުގެންދާކަމަށް ބުނެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ރައީސަށް ދަނީ ފާޑުކިއަމުންނެވެ. އެމްޑީޕީއަށް 16 އަހަރު […]

ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ބަހައްޓާފައިހުރި ސައިކަލު ތަކުގައި ރޯކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

  ކުޅުދުއްފުށީސިޓީގެ ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ތެރެއިން  43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ […]

ގަރާޖަކަށް ޕިކަޕެއް ވައްދަން އުޅުމުގެ ތެރޭގައި ބޯ ފިތުނު ޒުވާނާގެ ހާލު ސީރިއަސް

  މ. މުލީގައި ޕިކަޕެއް ގަރާޖަކަށް ވައްދަން އުޅުމުގެ ތެރޭގައި ޕިކަޕާއި ދޮރުކަންޏާ ދޭތެރޭ ތާށީވެ، ބޯފިތުނު އުމުރުން 28 އަހަރުގެ ދުވާނާގެ ހާލު ސީރިއަސް ވެއްޖެއެވެ. އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ މުލީ ހުސްޕިޓަލުން ފަރުވާ ދިނުމަށްފަހު މި ޒުވާނާ މިހާރު މާލެ ގެނެސް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާ ނަމަވެސް މިހާރު އޭނައަށް ފަރުވާދެމުން އަންނަނީ އޭޑިކޭގައި ކަމަށެވެ. އާއިލާއިން ބުނީ އެ ޒުވާނާގެ ބޮލުގެ ނާށިގަނޑުން ތިން ތަނެއްގައި ރެދު ލާފައިވާކަމަށެވެ. […]

ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކުރުރި ބިންތައް ވިއްކަނީ

    ”ވެށިފަހި މާލެ“ ޕްރޮގްރާމުގެ ދަށުން މާލެއިން ދޫކޮށްފައިހުރި ބިންތައް ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ބިންތަކަކީ މުހައްމުދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ފެށި ވެށިފަހި މަޝްރޫއުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުން މާލެއިން ދޫކޮށްފައިވާ ބިންތަކެވެ. އެ މަޝްރޫއުގެ ދަށުން މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކުން އެ ބިންކޮޅު ދޫކޮށްލުމުން  ހުޅުމާލޭން ގޯތި ހަމަޖައްސައިދީފައި ވެއެވެ. ދައުލަތަށް މިލްކުވެފައިވާ މި ބިންތައް ވިއްކަން ފެށުމުގެ […]

އިންޑިއާއިން ކިޔަވަން ހުރިހާ ހަރަދަކާ އެކު 18 ސްކޮލާޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

    އަވައްޓެރި އިންޑިއާއިން މަތީތައުލީމު ހާސިލުކުރަން ހުރިހާ ހަރަދެއް ދޭ ގޮތަށް 18 ސްކޮލާޝިޕެއްގެ ފުރުސަތު ހަޔާއެޑިއުކޭޝަން މިންސްޓްރީން ހުޅުވާލައިފި އެވެ.   މިނިސްޓްރީން ހުޅުވާލައިފައި ވަނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކިޔަވަން ބޭނުންވާ 11 ފުރުސަތަކާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކިޔަވަން ބޭނުންވާ ހަތް ފުރުސަތަކަށެވެ. މި ފުރުސަތު ހުޅުވާލައިފައި ވަނީ އިންޑިއާގެ ދެ ކޮލެޖަކުން ނެވެ. އެއީ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގާއި […]

​މާލެ ސަރަޙައްދުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެނީ!

އަންނަ ބުދަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ މާތް ﷲގެ އިރާދަފުޅާއެކު މި ހަފްތާގެ ހުކުރު ނަމާދު ކުރެވިގެން ދާނީ މިސްކިތު ޖަމާޢަތުގައިކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް މިސްކިތްތައް ބަންދުކޮށްފައިވަނީ މެއި މަހުގެފަހުކޮޅުގައެވެ. އެއާ އެކު އެޅި އިތުރު ފިޔަވަޅުތަކަށް ފަހު، ފައްސިވަމުންދާ އަދަދުތައް މަދުވަމުން ދިޔުމާ […]

ނަޝީދަށް ހަމަލާ ދިން ގަޑީގައި އަރިހުގައި ހުރި ބޮޑީގާޑުގެ އޮޕަރޭޝަނެއް ކުރަނީ

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމް ކަނދުރާގެ އޮޕަރޭޝަނެއް މާދަމާ ކުރުމަށް ތައްޔާރުވެއްޖެ އެވެ. ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތްކުރި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް ސާރ ގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާ ކަމަށެވެ. އެހެންކަމުން ކަނދުރާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާދަމާ އައިޖީއެމްއެޗްގައި އިލްހާމްގެ […]