ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ބަހައްޓާފައިހުރި ސައިކަލު ތަކުގައި ރޯކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ކުޅުދުއްފުށީސިޓީގެ ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ތެރެއިން  43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 35 އަހަރުގެ މިހާއާއި 36 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑްސް އޮންނަ މީހުންނެވެ.

.މިމައްސަލާގައި ހައްޔަރުކޮށްފައިވާ  މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މިހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.

 

މިހާދިސާގައި އެގޭގައި ހުރި ދެ ސައިކަލުގެ އިތުރުން ބެޓަރި ބައިސްކަލެއް ވެސް ވަނީ އަނަދައި ހުލިވެފައެވެ.

ސައިކަލްތައް ބަހައްޓާފައި ހުރީ ގެޔާއި އިންވެގެން ވަކިން ހަދާފައިހުރި ފެންޑާއެއްގައި އެވެ. މި ހާދިސާގައި ސައިކަލްތައް ބަހައްޓާފައިހުރި ފެންޑާ އަނދައި ހުލިވެގައިވާއިރު އެގެޔަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުންވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގިއިރު އެތަނުގައި ތިން ސައިކަލެއް ހުއްޓެވެ. އެއް ސައިކަލް ހުރީ އަނދައި ހުލިވި ސައިކަލްތަކާ ތަންކޮޅެއް ދުރުގައި ކަމަށްވުމުން އެ ސައިކަލް އަދައިގެން ދިއުމުގެ ކުރިން ދުރަށް ޖެއްސީކަމަށް އާއިލާ މީހަކު ބުނެއެވެ. އެ ސައިކަލް އެއްކޮށް އަނދާފައި ނުވިނަމަ ވެސް އެ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް