ގަރާޖަކަށް ޕިކަޕެއް ވައްދަން އުޅުމުގެ ތެރޭގައި ބޯ ފިތުނު ޒުވާނާގެ ހާލު ސީރިއަސް

Loading

Facebook
Twitter
WhatsApp

 

މ. މުލީގައި ޕިކަޕެއް ގަރާޖަކަށް ވައްދަން އުޅުމުގެ ތެރޭގައި ޕިކަޕާއި ދޮރުކަންޏާ ދޭތެރޭ ތާށީވެ، ބޯފިތުނު އުމުރުން 28 އަހަރުގެ ދުވާނާގެ ހާލު ސީރިއަސް ވެއްޖެއެވެ.

އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ މުލީ ހުސްޕިޓަލުން ފަރުވާ ދިނުމަށްފަހު މި ޒުވާނާ މިހާރު މާލެ ގެނެސް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާ ނަމަވެސް މިހާރު އޭނައަށް ފަރުވާދެމުން އަންނަނީ އޭޑިކޭގައި ކަމަށެވެ.

އާއިލާއިން ބުނީ އެ ޒުވާނާގެ ބޮލުގެ ނާށިގަނޑުން ތިން ތަނެއްގައި ރެދު ލާފައިވާކަމަށެވެ. އެކަމާ ގުޅިގެން އޮޕަރޭޝަން ކުރަންޖެހޭކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.

އަދި އެ ޒުވާނާގެ ސިކުނޑި އަށް ލިބުނު އަނިޔާގެ ސަބަބުން ހަށިގަނޑުގެ އެއްފަޅި އައްސިވެ އެއް ލޮލަށް ފެންނަނީ ފުސްކޮށް ކަމަށް ވެސް އާއިލާއިން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މުދާ ބޭލުމަށްޓަކައި ޕިކަޕެއް ގަރާޖަކަށް ވެއްދުމުގެތެރޭގައެވެ. އޭނާގެ ބޯ ފިތިފައި ވަނީ ގަރާޖްގެ ދޮރުކަންޏާއި ޕިކަޕްގެ ގެގަނޑާ ދޭތެރޭ ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް