ޒުވާނަކަށް އަނިޔާ ކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

350

 

 

ޅ. ނައިފަރު ޒުވާނަކަށް އަނިޔާ ކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، ދެ ފުލުހެއްގެ ރޭންކް ދަށްކޮށްފި އެވެ.

ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ފުލުހުންގެ ވަޒީފާއިން ވަކިކުރި ތިން މީހުން ވަޒީފާއިން ވަކިކުރީ ނައިފަރުގައި މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން އެމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ކަމަށެވެ.

އަދި މީގެ އިތުރުން އެހެން ދެ ފުލުހަކު މިހާރު ތިބި ރޭންކުން އެއް ރޭންކް ދަށްކުރުމަށް ވެސް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ފުލުހުންނަށް ފިޔަވަޅު އަޅާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.

ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާކުރީ ފުލުހަކު ކައިވެނި ކޮށްގެން އުޅޭ މީހަކާ ފޮށުނު ކަމަށް ބުނެ ކަމަށް ވެއެވެ.  މި މައްސަލަ އާ ގުޅިގެން އެރަށުގައި މުޒާހާރާވެސް ކޮށްފައި ވެއެވެ.

3 ހިޔާލުތައް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ