ޓެރަރިޒަމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ފަރަހަތަކަށް ނުޖެހޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

 

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ މީހުންގެ ނުރައްކާތެރިކަމުން ރާއްޖެ ސަލާމަތްކުރުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާ ގުޅިގެން ސަރުކާރުން އަންނަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުގެންދާކަމަށް ބުނެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ރައީސަށް ދަނީ ފާޑުކިއަމުންނެވެ.

އެމްޑީޕީއަށް 16 އަހަރު ފުރުނު ދުވަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވަން ރައީސަށް ގޮވާލައްވާފައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކާއި ގޭންގު މާރާމާރީއަކީ މިއަދު ކުއްލިއަކަށް ރާއްޖެއަށް ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާ، މިކަންކަން ހައްލުކުރުމުގެ މަސައްކަތަކީ ބޮޑު އެހާމެ އުދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ ”އަޅުގަނޑުމެން މިތިބީ މިކަން ކުރަން ނުކުމެ، މިކަމުގައި ފަހަތަކަށް ނުޖެހޭނަން، މިކަމުގައި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރާނަން،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީހުންނާއި ގޭންގު ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލައަށް ފުރިހަމަ ދާއިމީ ހައްލެއް ގެނެވޭނީ ޓެރެރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެންކަމަށެވެ.
ރައީސްވިދާޅުވީ އެފަދަ ކުށްކުރާ މީހުން ތަހުގީގަށް ބަންދުކޮށް ބޭތިއްބުމުގައި، މިހާރުއޮތް ގާނޫނަށް އިތުރު އިސްލާހުތަކެއްގެންނަން ޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކާއި ގޭންގް ކުށްތަށް ތަހުގީގު ކުރާ ފަރާތްތަކުގެ ޝަކުވާއަކީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން ތަހްގީގަށް ބަންދުކޮށްކޮށް ބޭތިއްބުމުގައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިހަމުގެ ޝަކުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޓެރަރިޒަމްގެ ކުށްތަކާ ގުޅިގެން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ދެނެގަނެ އެކަން އެންމެފުރަތަމަ އާންމުކުރީވެސް މިސަރުކާރުން ކަމަށެވެ.

އެގޮތުން 19 ސެޕްޓެމްބަރު 2019ގައި ފުރަތަމަ ފަހަރަށް ޓެރަރިސްޓު ޖަމާއަތްތަކެއް ގޮތުގައި ބެލެވޭ ޖަމާއަތްތައް ސަރުކާރުނ އިއުލާނުކޮށްފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ ޓެރަރިޒްމްގެ ގާނޫނުގެ ދަށުން ކުރަންޖެހޭ އެކަމަކު އެހާތަނަށް ނުކޮށްއޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޓެރަރިޒަމާއި އެފަދަ ނުރަށްކާތެރި ކުށްތަކަށް އަރައިގަންނަ، ނުރައްކާތެރި ހާހެއްހައި މީހުން ތިބިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް ވެސް ބަޔާނެއް ނެރުއްވާފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެފަދަ އަމަލުތަށް ހިންގަފާނެކަމަށް ޝައްކުކުރެވޭ މީހުން ބަންދުކޮށްގެން ތަހްގީގްކޮށް ޝަރީއަތާ ހިސާބަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރުމަށް ތަހްގީގީ އިދާރާތަކާ މަޝްވަރާ ކޮށްފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީށް ވިދާޅުވީ ޓެރަރިޒަމުގެ ގާނޫނަށް އިސްލާހުގެނައުމަށްޓަކައި 10 އޮކްޓޯބަރު 2019ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުއްވައި އިސްލާހުތަކެއް ގެނެވުނު ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި، ތަހްގީގީ އިދާރާތަކުން ބޭނުންވިފަދަ ހުރިހާ އިސްލާހުތަކެއް މިހާތަނަށް އަދި ގެނެވިފައި ނުވާކަމަށެވެ.

ރައީސް ވިދާޅުވީ ތަހްގީގީ އިދާރާތަކުންދޭ ލަފަޔާ އެއްގޮތަށް ގާނޫނީ އިމުގެ ތެރެއިން ޓެރަރިޒަމްފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭބަދުލު ގެނައުމަށް މިހާރު ވާނީ އަނެއްކާވެސް މަޖިލީހަށް ހުށަހަޅާފައިކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް