ޑރ. އާސިމަށް މަޖިލީހުން ރުހުން ދީފި

  މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 53 މެންބަރުންގެ ވޯޓުންނެވެ. ޑރ. އާސިމް އަކީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތރުން މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ސޯޝިއޮލޮޖީ އެންޑް […]

އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޯޓެއްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން އައްޑުއަށް ގެންގޮސްސި

    އެމެރިކާ އިން ތައިވާނަށް ދަތުރުކުރި އާގު ބޯޓެއްގެ ފަޅުވެރިޔަކު ހާލު ދެރަވެގެން އައްޑޫސިޓީއަށް ގެންގޮސްސި އެވެ. ސިފައިން ބުނީ އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޭރުގެ އާގު ބޯޓްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން ސިފައިންގެ އެހީތެރިކަމާއެކު މިއަދު 11:27 ހާއިރު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެ މީހާގެ ހާލު ސީއަސްވީ ކީއްވެގެން ކިހިނެތްކަމެއް ސިފައިން ހާމައެއް ނުކުރެއެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ އިއްޔެ ރޭ 21:58 ގައި ކަމަށް ސިފައިން ބުނެއެވެ. […]

ކްރިމިނަލް ކޯޓް ރިސެސް އަށް

  އިއްޔެއިން ފެށިގެން އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާކަން ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ. ކްރިމިނަލް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ  ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނިކަމަށެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލިސްތައް ބޭއްވުމާއި، ތަހްގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް އެކޯޓުން ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން […]

ފަލަސްތީނު ރައްޔިތުން މަޙްމޫދް ޢައްބާސްއާ ދެކޮޅަށް މުޒާހަރާކޮށްފި

ޕަލަސްތީނިއަން އޮތޯރިޓީ (ޕީ.އޭ) ގެ ހެޑްކުއާރޓާޒް ކަމުގައިވާ ރާމަﷲ އަށް ވަނީ ގިނަ އަދަދެއްގެ މީހުން އިއްޔެގެ ވަގުތެއްގައި އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާގެ ސަބަބަކަށްވީ ޕީ.އޭއިން ހައްޔަރު ކުރި ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމުގައިވާ ނިޒާރް ބަނާޓް، ހައްޔަރުކޮށްފައިވަނިކޮށް މަރުވުމެވެ. ނިޒާރް ބަނާޓް އަކީ ޕީ.އޭ އިން ކުރަމުންދާ ކަންކަމަށް ފާޅުގައި ފާޑުކިޔަމުން ދިޔަ މީހެކެވެ. ނިޒާރްގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ޕީ.އޭގެ ވިއްސަކަށް ސިފައިން އޭނާއަށް އަނިޔާކޮށްފައިވެއެވެ. ހައްޔަރުކުރިތާ ދެތިން […]

ޔޫ.އޭ.އީ ގެ ޚަރަދުގައި އުފެއްދި ހޮލީވުޑްގެ ފިލްމަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޔޫ.އޭ.އީ އިން ޚަރަދުކޮށްގެން ހޮލީވުޑުން އުފައްދާފައިވާ ފިލްމެއް ކަމުގައިވާ ”ދަ މިސްފިޓްސް“ އަކީ މުސްލިމުންނާ މެދު ނަފުރަތު އުފައްދާނެ ފިލްމެއް ކަމުގައި ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ފިލްމުގައި މުސްލިމް ގައުމުތަކަށާއި މުސްލިމުންނަށް ހަޖޫޖަހާ އެތައް މަންޒަރެއް ހިމެނެއެވެ. ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާވެފައިވަނީ ވަގުންގެ ޓީމެއްގެ މައްޗަށެވެ. މި ޓީމުގެ ލީޑަރު އަދި ފިލްމުގެ ބަތަލު، ރިޗާރޑް ޕޭސް،ގެ ރޯލު ކުޅެނީ ޕިއާސް ބޮސްނިއާންއެވެ. މި ފިލްމުގައި އުޅޭ ވަގުންގެ ޓީމުން […]

އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ދެއްކި ވާހަކަތަކަކީ ސިޔާސީ މަގްސަދެއް ހާދިލު ކުރުމަށް ދެއްކިވާހަކަތައް: ދުންޔާ

ރައްޔިތުންނަށް އިންސާފު ހޯދައިދޭނެކަމަށް ބުނެ އެމްޑީޕީން މި ހުރިހާ ދުވަހު ދެއްކި ވާހަކަތަކަކީ ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ދެއްކި ވާހަކަތަކެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުންޔާ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ އުފެދުމުގައި ރަގަޅު މަގްސަދެއް އޮތް ޕާޓީއެއްކަމަށާކަމަށާ،  ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރެއްވި ޕާޓީއެއްކަމަށް ވެސް […]

ބީއެމްއެލް އިން ފައިސާގެ މުއާމަލާތްތަކަށް އިތުރު 12 އެޖެންޓުން ހަމަޖައްސައިފި

  ފައިސާ ޖަމާކުރުމާ ފައިސާގެ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިތުރު 12 އެޖެންޓުން ހަމަޖައްސައިފި އެވެ. މިއީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް އެ ބޭންކުން ދެމުންގެންދާ ހިދުމަތެކެވެ. އަލަށް މިޚިދުމަތް ދޭން ފަށާފައިވަނީ، ހއ.މާރަންދޫ، ހދ.ކުމުންދޫ، ހދ.ނެއްލައިދޫ، ހދ.ފިނޭ، ށ.ނަރުދޫ، ށ.ފޭދޫ، ށ.މަރޮށި، ނ.ޅޮހި، ނ.މާޅެންދޫ، ރ.އިންނަމާދޫ، ބ.ފުޅަދޫ އަދި މ.ކޮޅުފުށީގައެވެ. ބީއެމްއެލް އިން ބުނީ މިހިދުމަތާއެކު، މި ރަށްތަކުގައި […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސުކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފި

    ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މި ސްކޫލު އެޅުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ް 243 މިލިއަން ރުފިޔާގެ މި މަޝްރޫއު ރަޝިދު ކާޕެންޓްރީ އާ ހަވާލުކޮށްފައިވަނ18 މަސްދުވަހުގެ މި މަސައްކަތް ނިންމާގޮތަށެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫއެއް ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ […]

ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއް ނޫން. މައުމޫނުގެ ފިކުރަށް ނުޖޫއަ ނުވޭ: ރީކޯ މޫސަ

  ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ކަމެއްނޫންކަމަށް ވިދާޅުވެ އެމްޑީޕީ އުފެއްދުމުގައި ރައީސް ނަޝީދުއާއި އަރިސްކޮށް އުޅުއްވި ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ. ގިނައަދަދެއްގެ ބަޔަކު އެއްފަހަރާ ހައްޔަރުކުރަން ރައީސް ނަޝީދު ރޭ ގޮވައިލެއްވުމާގުޅިގެން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  އެމްޑީޕީ އަކީ ހައްޔަރުކޮށްޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށާ، މައުމޫނު ގެންގުޅުއްވި ފިކުރަށް ޕާޓީ ރުޖޫއު ނުވުމަށެވެ. އަދި ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭ […]

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

  ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ މި ބަނގުރާތަކަކީ ޖުމްލަ 71 މަސައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާކަމަށެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ  71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން  13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތި […]