ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
މި ސްކޫލު އެޅުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ް
243 މިލިއަން ރުފިޔާގެ މި މަޝްރޫއު ރަޝިދު ކާޕެންޓްރީ އާ ހަވާލުކޮށްފައިވަނ18 މަސްދުވަހުގެ މި މަސައްކަތް ނިންމާގޮތަށެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫއެއް ކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ހުޅުމާލެ ދެވަން ފިޔވަހީގައި ސްކޫލެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ.
”ސަލާހުއްދީން ސްކޫލު“ގެ ނަމުގައި ހަދާ އެ ސްކޫލް ހަދަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 390 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން ގިނަ ވަމުންދާއިރު، އެ ސަރަހައްދުގައި އެޅުމަށް މިހާތަނަށް ނިންމި ދެ ސްކޫލުވެސް އަންނަ އަހަރު ތެރޭ ނިންމުމަށް އެޑިއުކޭޝަނުން އަންނަނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި ހާއްސަކޮށް ހިޔާ ފްލެޓްތަކާއި އެހެނިހެނ ފްލެޓްތަކަށް މީހުން ބަދަލުވާން ވާއިރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލުތައް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެޑިއުކޭޝަނުން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހަތަރު ސްކޫލެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއިން ކޮންމެ ސްކޫލެއްގައި ގްރޭޑް އެކަކުން 10އަށް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ 1،000އާއި 1،200 އާ ދެމެދުގެ ޖާގައިގެ ސްކޫލްތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.