އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޯޓެއްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން އައްޑުއަށް ގެންގޮސްސި

Loading

Facebook
Twitter
WhatsApp

 

 

އެމެރިކާ އިން ތައިވާނަށް ދަތުރުކުރި އާގު ބޯޓެއްގެ ފަޅުވެރިޔަކު ހާލު ދެރަވެގެން އައްޑޫސިޓީއަށް ގެންގޮސްސި އެވެ.

ސިފައިން ބުނީ އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޭރުގެ އާގު ބޯޓްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން ސިފައިންގެ އެހީތެރިކަމާއެކު މިއަދު 11:27 ހާއިރު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެ މީހާގެ ހާލު ސީއަސްވީ ކީއްވެގެން ކިހިނެތްކަމެއް ސިފައިން ހާމައެއް ނުކުރެއެވެ.

މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ އިއްޔެ ރޭ 21:58 ގައި ކަމަށް ސިފައިން ބުނެއެވެ.

ރިޕޯޓް ލިބުމާ އެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ކައިރިކުރީ އައްޑޫ ސިޓީ ގަމުގެ އިރުން އަށް ނޯޓިކަލް މޭލާ ހަމައަށެވެ. އެ ބޯޓް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނެގައިގެން ފޭދޫއަށް ގެންދިއައީއެވެ.

ރާއްޖެ ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުތަކުގެ ފަޅުވެރިން ބަލިވެ ހާލުސީރިއަސްވުމުން މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ގެނެސް ފަރުވާދީހަދާފައިވެއެވެ.

”އެމްޓީ – ނިއު މެލޮޑީ“ ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް ހާލުބޮޑުވި ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެނެއްކަމަށްސިފައިންބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް