ފަލަސްތީނު ރައްޔިތުން މަޙްމޫދް ޢައްބާސްއާ ދެކޮޅަށް މުޒާހަރާކޮށްފި

Loading

Facebook
Twitter
WhatsApp

ޕަލަސްތީނިއަން އޮތޯރިޓީ (ޕީ.އޭ) ގެ ހެޑްކުއާރޓާޒް ކަމުގައިވާ ރާމަﷲ އަށް ވަނީ ގިނަ އަދަދެއްގެ މީހުން އިއްޔެގެ ވަގުތެއްގައި އެއްވެ މުޒާހަރާކޮށްފައެވެ.

މި މުޒާހަރާގެ ސަބަބަކަށްވީ ޕީ.އޭއިން ހައްޔަރު ކުރި ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމުގައިވާ ނިޒާރް ބަނާޓް، ހައްޔަރުކޮށްފައިވަނިކޮށް މަރުވުމެވެ. ނިޒާރް ބަނާޓް އަކީ ޕީ.އޭ އިން ކުރަމުންދާ ކަންކަމަށް ފާޅުގައި ފާޑުކިޔަމުން ދިޔަ މީހެކެވެ.

ނިޒާރްގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ޕީ.އޭގެ ވިއްސަކަށް ސިފައިން އޭނާއަށް އަނިޔާކޮށްފައިވެއެވެ. ހައްޔަރުކުރިތާ ދެތިން ގަޑިއިރުގެ ތެރޭގައި އޭނާ މަރުވި ޚަބަރު ވަނީ އާއިލާއަށް ލިބިފައެވެ.

ފަލަސްތީނު ރައްޔިތުން ދަނީ މި އަނިޔާވެރި އަމަލު ކުށްވެރިކޮށް ރައީސް މަޙްމޫދް ޢައްބާސްއާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

މީގެ 15 ވަރަކަށް އަހަރުކުރިން ފަލަސްތީނުގެ ރައީސްކަން ލިބިވަޑައިގެންނެވި މަޙްމޫދު ޢައްބާސް އަކީ މިހާރު ފަލަސްތީނު ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ ބޭފުޅެކެވެ. އިންތިޚާބެއް ނުބާއްވަވައި ވެރިކަމުގެ މުއްދަތު އިތުރުކުރައްވަމުން ގެންދެވުމުގެ ސަބަބުން އޭނާއަކީ ފަލަސްތީނުގެ އިންތިޚާބީ ރައީސެއްކަމަށް ފަލަސްތީނުގެ އެތައް ލައްކަ ބަޔަކު ގަބޫލެއްވެސް ނުކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް