އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ދެއްކި ވާހަކަތަކަކީ ސިޔާސީ މަގްސަދެއް ހާދިލު ކުރުމަށް ދެއްކިވާހަކަތައް: ދުންޔާ

Loading

Facebook
Twitter
WhatsApp

ރައްޔިތުންނަށް އިންސާފު ހޯދައިދޭނެކަމަށް ބުނެ އެމްޑީޕީން މި ހުރިހާ ދުވަހު ދެއްކި ވާހަކަތަކަކީ ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ދެއްކި ވާހަކަތަކެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުންޔާ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ އުފެދުމުގައި ރަގަޅު މަގްސަދެއް އޮތް ޕާޓީއެއްކަމަށާކަމަށާ،  ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރެއްވި ޕާޓީއެއްކަމަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީ ވެރިކަމަށް އައީ އިންސާފު ހޯދައިދޭނެކަމަށް ބުނެ ގިނަ ވައުދުތަކެއް ވުމަށް ފަހުގައި ނަމަވެސް ވައުދުތައް ފުއްދާ ތަނެއް ނުފެންނަ ކަމަށެވެ.  އެ ވައުދުތަކީ ސިޔާސީ މަންފާ ހޯދުމަށް ވި ވައުދުތަކެއް ކަމަށް ވެސް ދުންޔާވަނީ ތުހުމަތުކޮށްފަ އެވެ.

ދުންޔާ ވިދާޅުވީ އެމްޑިޕީން އެންމެ ބޮޑަށް ވަކާލާތުކުރީ ލާއިންސާނީ މަރުތަކާއި ކޮޕަރްޝަނާ ދެކޮޅަށް ކަމަށާ، ނަމަވެސް ދެ ފަހަރެއްގެ މަތިން އެމްޑީޕީއަށް ސަރުކާރު ހިންގަން ލިބުމުންވެސް އެފަދަ ކަންތައް ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ނުކުރާ ކަމަށެވެ.

އިންސާފު ހޯދައިދިނުމުގެ ނަމުގައި މަރުގެ ކޮމިޝަނެއް އުފެއްދި ނަމަވެސް ކުރެވުނު ކަމެއް ނެތް ކަމަށާ ގެއްލިފައިވާ މީހުންނާއި ގޮތް ނޭގޭ މަރުތަކުގެ ތަހުގީގުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

“ އަޅުގަނޑު ފާހަގަކޮށްލަން މަރުކޮމިޝަނުގެ މަސައްކަތް. އަޅުގަނޑުމެން އެންމެންގެ ވަރަށް ބޮޑު އުންމީދެއް އޮތް، އިންތިހާބުގައި ވަރަށް ވައުދުވެފައި އޮތްކަމެއް މީ، ވަރަށް ލާއިންސާނީ އެތަށް މާޑާތަކެއް ހިނގައި ދިޔަތަން އަޅުގަނޑުމެންނަށް މިދިޔަ އަހރު ތަކުގައި ފެނިފައިވޭ، މިއާ ގުޅިގެން މަރުކޮމިޝަނެއް އުފެދިފައި މިވަނީ، މިކަންތައް ތަހުގީގުކުރެވި ލާއިންސާނީ އަމަލުތައް ހިންގި މީހުންނަށް އަދަބުދީ އިންސާފު ހޯދުމަށްޓަކާ، ވަރަށް ބޮޑަށް ސިޔާސީ ބޭނުމެއްގައި މިކަންކުރީކަން ވެސް ގިނަބަޔަކު ގަބޫލުކުރޭ، މަރުކޮމިޝަނުން އަޅުގަނޑުމެންނަށް އެދެވޭ އެއްވެސް ނަތިޖާއެއް ނުފެނޭ،“ ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކޮށް އެމްއެމްޕީއާރުސީ މައްސަލަ ބަލާނަމޭ ކިޔައި ވެރިކަމަށް އައިސް އެ ހިޔާނާތާއި ގުޅުވައިގެން ނެރުނު ލިސްޓް އާއްމުކުރީ  ކުށެއްނެތް މީހުންގެ އަގުވެއްޓޭގޮތަށް ކަމަށެވެ. އަދި އެކަން ކުރީވެސް ސިޔާސީ މަގުސަދެއްގައި ކަމަށް ދުންޔާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އެމްޑީޕީން ވެރިކަން ހޯދުމަށ ކުރި މަސައްކަތްތަކުގެ ތެރޭގައި ބޭރުގެ މީޑީއާތަކަށް އެކިގޮތްގޮތުން ފޯރުވަމުން ދިޔަ މައުލޫމާތުތަކުން ރާއްޖެ އަށް އެކިކަހަލަ ގެއްލުން ވި ކަމަށް ދުންޔާ ވިދާޅުވިއެވެ.

”އިސްލާމްދީނާ ބެހޭގޮތުން އެކިކަހަލަ ވާހަކަ ދެކެވޭ. އަދި ދިވެހި ހުރިހާ ރައްޔިތުންނަކީ އެކްޓްރިމިސްޓުންކަމަށް ނުވަތަ ޓެރަރިސްޓުން ކަމަށްވެސް ލޭބަލް އެޅުވިގެން ދިޔަ “

އިރުތަށް ދުންޔާ ވިދާޅުވީ އިގްތިސާދަށް ބަލާއިރު ގޮންޖެހުތަކެއް ހައްލުތަކެއް ނުލިބި، އިގްތިސާދު ހައްލުކުރެވޭ ތަނެއް ވެސް ނުފެނަ ކަމަށް ކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖޭ އިޖްތިމާއީ ފޭރާން އެމްޑީޕީގެ ސަބަބުން ގެއްލިފައިވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. އަދި  އެމްޑީޕީގެ އެތެރޭގެ ކޯޅުނ ރާއްޖޭގެ އެންމެންނަށް އަސަރުކުރަމުންދާކަމަށް ވިދާޅުވެ ދުންޔާ ވިދާޅުވީ ރައްޔިތުންގެ އާމްދަނީ ގެއްލިގެން ގޮސްފައިވާއިރު އެކަންކަމަށް ފޯކަސް ކުރުމުގެ ބަދަލުގައި ފެންނަމުންދަނީ ސިޔާސީ ކުޅިގަނޑުކަމަށެވެ.

 

Loading

4 Responses

  1. Varah bodu dhedheh, masala yakee verikamah aadhevuneema ulhevey noolhevey kurevey nukurevey kameh neyngi dhekkun vaahaka eh kiyunu ehcheh neyngenee, hisaaba vure bodah dhefukkeheri veema vaagoi meehakaa dhimaalah ingili dhikkureveyne meehe nei mi gaumaku, hus haraan koaru aalaathun ulhey thaneh mi, ladhuganey mi fasgandah ufan viyatheeves

  2. ދުންޏާވިދާޅުވިއަސް ތީ ތެދެއް. ހަމަ ސީދާ ޖަލުގައި ތިބި ކުއްވެރިންތަކެއް ސަލާމަތްވުމަށްޓަކައި ހިބަރު ވަދު ޖެއްސުވީ. އަދީބުއަތުން މމރޕސ ގެ ވައްކަމުގެ ފައިސާ ބޭނުންކޮށްގެން. އެހެންވެ ޑީލްގެ ދަށުން އޭނާ ހުޅުމާލޭ ޕެންޓު ހައުސްގަ ދޮއްތޯ؟
    #ދީނަށްޓަކައި #ގައުމަށްޓަކައި #ރައްޔަތުންނަށްޓަކައި. އޭގެ ތެރޭގައި ކަމަނާގެ ބައްޕާފުޅުވެސް ބައިވެރިވެގެން. ހަމަ ހުސް ހޯޅިވާހަކަތަކަށް ރައްޔަތުން ހައްލުވާފައި ޖާބިރުބުނާހެން ގޭބަންދުގައި ރައްޔަތުން ބައިތިއްބައިފަ ވައްކަން ކުރީ. ހިތައްތަދުވާނެ ޖާބިރު ވިދާޅުވާހެން. އެހެން އޮގޮތަށް ކުރީމާ. ދެން 2023 އަންނަންދެން ތިބުންނޫންގޮތެއް ކަމަނަޔަށް ވިސްނޭތޯއެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް