ޔޫ.އޭ.އީ ގެ ޚަރަދުގައި އުފެއްދި ހޮލީވުޑްގެ ފިލްމަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

Loading

Facebook
Twitter
WhatsApp

ޔޫ.އޭ.އީ އިން ޚަރަދުކޮށްގެން ހޮލީވުޑުން އުފައްދާފައިވާ ފިލްމެއް ކަމުގައިވާ ”ދަ މިސްފިޓްސް“ އަކީ މުސްލިމުންނާ މެދު ނަފުރަތު އުފައްދާނެ ފިލްމެއް ކަމުގައި ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ފިލްމުގައި މުސްލިމް ގައުމުތަކަށާއި މުސްލިމުންނަށް ހަޖޫޖަހާ އެތައް މަންޒަރެއް ހިމެނެއެވެ.

ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާވެފައިވަނީ ވަގުންގެ ޓީމެއްގެ މައްޗަށެވެ. މި ޓީމުގެ ލީޑަރު އަދި ފިލްމުގެ ބަތަލު، ރިޗާރޑް ޕޭސް،ގެ ރޯލު ކުޅެނީ ޕިއާސް ބޮސްނިއާންއެވެ. މި ފިލްމުގައި އުޅޭ ވަގުންގެ ޓީމުން ޖަޒީ ރަސްތާން ކިޔާ ރަށަކުން މިލިއަނެއްހާ ޑޮލަރު ވަގަށް ނަގައެވެ.

ފިލްމުގައި މި ރަށަށް ޖަޒީ ރަސްތާން ކިޔާފައި ވަނީ ގަތަރާއި އަލްޖަޒީރާގެ ނަން އެއްކޮށްލައިގެންނެވެ. މިއީ އެހާ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ އިރުމަތީ ގައުމުތަކުގެ ނޫސްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ފިލްމުގެ ލީކްވެފައިވާ ކޮޕީއެއްގައި އިރުމަތީ ގައުމުތަކަށް ނިސްބަތްކޮށް އެ ގައުމުތަކަކީ ނާތަހުޒީބު ގައުމު ތަކެއްގެ ގޮތުގައި ސިފަކުރުވާ އެތައް އިބާރާތްތަކެއް ބޭނުންކޮށްފައިވާ ކަމަށް ޓީ.އާރް.ޓީ ވޯލްޑް ނޫހުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން ފިލްމުގެ ތެރޭގައި އެމީހުން އަޅުންނާ މުޚާޠަބު ކުރުމުގައި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުންކުރުމާ އެކު އިރުމަތީ މުސްލިމް ގައުމުތަކަކީ ލޭއޮހޮރުވުމާއި ކޮރަޕްޝަނުގެ ހާލިތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް