ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއް ނޫން. މައުމޫނުގެ ފިކުރަށް ނުޖޫއަ ނުވޭ: ރީކޯ މޫސަ

Loading

Facebook
Twitter
WhatsApp

 

ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ކަމެއްނޫންކަމަށް ވިދާޅުވެ އެމްޑީޕީ އުފެއްދުމުގައި ރައީސް ނަޝީދުއާއި އަރިސްކޮށް އުޅުއްވި ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ.

ގިނައަދަދެއްގެ ބަޔަކު އެއްފަހަރާ ހައްޔަރުކުރަން ރައީސް ނަޝީދު ރޭ ގޮވައިލެއްވުމާގުޅިގެން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  އެމްޑީޕީ އަކީ ހައްޔަރުކޮށްޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށާ، މައުމޫނު ގެންގުޅުއްވި ފިކުރަށް ޕާޓީ ރުޖޫއު ނުވުމަށެވެ. އަދި ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއެއްނޫން ކަމަށް ވެސް ރައީސް ނަޝީދު ޑެގް ކުރައްވައި ރީކޯމޫސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

“ އެމްޑީޕީ އަކި ހައްޔަރުކޮށްޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އަޅުގަނޑުމެން އުފެއްދި ޕާޓީއަކަށްވާއިރު 16އަހަރު ވެރިކަންކުރެއްވުމަށްފަހު މައުމޫނު ގެންގުޅުއްވި ފިކުރަށް ތިޕާޓީ ރުޖޫޢަނުވާށެވެ، ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭސަބަބެއެއްނޫނެވެ“ ރީކޯ މޫސަ ކުރެއްވި ޓްވީޓްގައި ވެއެވެ.

އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން، ރޭ އެމްޑީޕީގެ ސަޕޯޓަރުންނާ މިހާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޓެރަރިޒަމް ހުއްޓުވުމަށާއި، ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރު ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ފަހަތު ފަޔަށް ބުރަ ނުވެ އެކަން ކުރެއްވުމަށް ވެސް ނަޝީދުވަނީ ރައީސް އިބްރާހިމް ސާލިހު އަށް ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން މޫސަ ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ހަނދާންތައް އާކުރައވާއި ޓްވީޓްތައް ކުރައްވާފައެވެ.

މޫސަ ވަނީ އޮގަސްޓް 12، 13 އަންނަނީތޯ ވެސް ސުވާލު ކުރައްވާފައެވެ.

އޮގަސްޓް 12، 13 އަކީ ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް، އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވި ދެ ދުވަހެވެ. އެ ހަރަކާތާއި ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ޖަލަށްލައި ގިނަ އަނިޔާތަކާ ކުރިމަތިލާން ޖެހުނެވެ.

މައުމޫނުގެ ސަރުކާރަށް އިސްލާހީ އެޖެންޑާއެއް އެކުލަވާލަން މަޖުބޫރުވު ވުމުގެ އަސްލަކީ ވެސް މި ދެ ދުވަހާ ގުޅިގެން ކުރިމަތިވި ފިއްތުންތަކެވެ.
‏“އޮގަސްޓު 12 13 އަންނަނީތަ؟ އެދުވަހު ރާއްޖޭގަނެތްމީހަކަށް ނޭނގޭނެ އެއްފަހަރާ ގިނަބަޔަކު ހައްޔަރުކޮށްލީމަ ވީގޮތެއް އެދުވަހު އެކަންކުރިމީހާވެސް އެތައްޒަމާނެއްވަންދެން މީހުނަށް އަނިޔާކޮށްފަ ހިތަށްއެރީ ދެންޖައްސާނީ ގަނޑުކޮށޭ. 500 ޖަލަށްގެންދިޔަ. ނަތީޖާ ފެނިފަހުންނާނީ.“ ރީކޯ ވިދާޅުވިއެވެ.

މީގެ އިތުރުން ރީކޯ މޫސަ ވިދާޅުވީ ‏ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީ ހިންގަން ޖެހުނީ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށެވެ.

”އެއީ ޚުދުމުޚުތާރު ވެރިކަމެއްގައި ވަކިބައެއްގެ މިލްކެއްގެގޮތުގައި އެތައްބައެއްގެ ބުރަމަސައްކަތާ ގުރުބާނީފޭރިގަތީމަ، އަޅުވެތިކަމާ އަނިޔާއިން މިންޖުވުމަށް ފެށިދަތުރު. އަނބުރާގޮސް ހުއްޓެންމިޖެހެނީ ފުރިތާނގަ؟“ ރީކޯ މޫސަ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސަތު ބަދަލުކުރަން މަސައްކައް ކުރެއްވި ބޭފުޅުންގެ ތެރޭގައި އިސްވެ ހަރަކާތްތެރިވި އެއް ބޭފުޅެކެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރަން އެމަނިކުފާނަށް ޖެހިވަޑައިގަތެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް