ޑރ. އާސިމަށް މަޖިލީހުން ރުހުން ދީފި

Loading

Facebook
Twitter
WhatsApp

 

މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 53 މެންބަރުންގެ ވޯޓުންނެވެ.
ޑރ. އާސިމް އަކީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތރުން މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސް އާސިމް ވަނީ ހާސިލު ކުރައްވާފައެވެ.

ޑރ. އާސިމް އަކީ މީގެކުރިން ވަނީ ސަރުކާރުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވ ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރުކަމާއި، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމުގެ އިތުރުން އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތްވެސް އާސިމް ވަނީ އަދާކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް