ކްރިމިނަލް ކޯޓް ރިސެސް އަށް

Loading

Facebook
Twitter
WhatsApp

 

އިއްޔެއިން ފެށިގެން އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާކަން ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ  ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނިކަމަށެވެ.

އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލިސްތައް ބޭއްވުމާއި، ތަހްގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް އެކޯޓުން ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ރިސެސްގެ މުއްދަތުގައި ކުރާނެ ކަންކަމުގެ ތެރޭގައި މުރާޖައާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް އެ ކޯޓުގެ ގާޒީންނާއި ލީގަލް މުވައްޒަފުން އަހުލުވެރިވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމަކާއި ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ކޯޓުން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން ރިސެސްގައި އޮންނަ މުއްދަތުގައި ކޯޓުގެ މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެކަން ކްރިމިނަލް ކޯޓުންވަނީ ހާމަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް