ބީއެމްއެލް އިން ފައިސާގެ މުއާމަލާތްތަކަށް އިތުރު 12 އެޖެންޓުން ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

 

ފައިސާ ޖަމާކުރުމާ ފައިސާގެ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިތުރު 12 އެޖެންޓުން ހަމަޖައްސައިފި އެވެ.
މިއީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް އެ ބޭންކުން ދެމުންގެންދާ ހިދުމަތެކެވެ.

އަލަށް މިޚިދުމަތް ދޭން ފަށާފައިވަނީ، ހއ.މާރަންދޫ، ހދ.ކުމުންދޫ، ހދ.ނެއްލައިދޫ، ހދ.ފިނޭ، ށ.ނަރުދޫ، ށ.ފޭދޫ، ށ.މަރޮށި، ނ.ޅޮހި، ނ.މާޅެންދޫ، ރ.އިންނަމާދޫ، ބ.ފުޅަދޫ އަދި މ.ކޮޅުފުށީގައެވެ.

ބީއެމްއެލް އިން ބުނީ މިހިދުމަތާއެކު، މި ރަށްތަކުގައި ގާއިމްކުރި ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެއެވެ. އަދި މީގެ އިތުރުން ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާ ނެގޭނެކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއެވެ.

ބޭންކުން ބުނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު 62 އެޖެންޓުން ތިބޭނެ ކަމަށާ، އެ އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

އަދި މީގެ އިތުރުން އެއްވެސް ފީއަކާ ނުލައި އެބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ވެސް ދެމުންނެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބީއެމްއެލްއިން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް