ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކުރުރި ބިންތައް ވިއްކަނީ

Loading

Facebook
Twitter
WhatsApp

 

 

”ވެށިފަހި މާލެ“ ޕްރޮގްރާމުގެ ދަށުން މާލެއިން ދޫކޮށްފައިހުރި ބިންތައް ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

މި ބިންތަކަކީ މުހައްމުދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ފެށި ވެށިފަހި މަޝްރޫއުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުން މާލެއިން ދޫކޮށްފައިވާ ބިންތަކެވެ.

އެ މަޝްރޫއުގެ ދަށުން މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކުން އެ ބިންކޮޅު ދޫކޮށްލުމުން  ހުޅުމާލޭން ގޯތި ހަމަޖައްސައިދީފައި ވެއެވެ.

ދައުލަތަށް މިލްކުވެފައިވާ މި ބިންތައް ވިއްކަން ފެށުމުގެ ގޮތުން، އެކަމުގައި އަމަލުކުރާ އުސޫލެއް މިހާރު ވަނީ އާއްމުކޮށްފި އެވެ.

މި  ބިންތައް ވިއްކުމާ ބެހޭ އުސޫލު އާއްމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ މި ބިންތައް ވިއްކަނީ ޖާގައިގެ ތަނަވަސްކަން ކުޑަ ގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ބިން ގަތުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

 

އެ މިނިސްޓްރީން ބުނީ ބިން ވިއްކުމުގައި އިސްކަން ދޭނީ ބިމާ އިންވެގެން އޮތް ބިމުގެ ބެހެނިވެރިޔާ ނުވަތަ ބެހެނިވެރިންނަށެވެ. މީގެ އިތުރުން ވިއްކަން އިއުލާނު ކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިން ފިޔަވައި، ބިން ހިމެނޭ ގޯއްޗާ އިންވެގެން ހުރި ގޯތިތަކުގެ ވެރިފަރާތް ނުވަތަ ފަރާތްތަކަމަށެވެ. މިގޮތުން އިންވެގެންވާ ގޯތީގެ އެއް ފަރާތަށްވުރެ ގިނަ ވެރި ފަރާތްތައް ހިމެނޭނަމަ އަދި ގޯތި ބައިކޮށްފައި ނުވާނަމަ ބިން ވިއްކަން ވާނީ، ގޯތީގެ ހުރިހާ ބެހެނިވެރިން ބައިވެރިވެގެން ގަންނަން ހުށަހަޅައިފައިވާނަމަ އެވެ.

މި އުސޫލުގައިވާ ގޮތުން އެއް ފަރާތަށްވުރެ ގިނަ ފަރާތް ގުޅިގެން ވެސް ބިން ގަނެވިދާނެ އެވެ.

 

އާ އުސޫލުގެ ދަށުން ވިއްކަން އިއުލާނުކުރާ ބިންތައް ވިއްކުމުގެ އެންމެހާ ކަންކަން ނިންމުމަށާއި މި އުސޫލުގެ ދަށުން ވިއްކުމަށް ހުޅުވައިލާ ބިންތައް ވިއްކުމުގެ އެންމެހައި ކަންތައް ތަންފީޒު ކުރުމުގެ ބޭނުމަށް ތިން މެންބަރުންނާއި ހަތް މެންބަރުންނާ ދެމެދު ދެމެދުގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ”ވެށިފަހި ކޮމިޓީ“ ގެ ނަމުގައި ޕްލޭނިން މިނިސްޓަރު އެކުލަވައިލާން ޖެހެ އެވެ.

 

”ވެށިފަހި“ މާލެ ޕްރޮގްރާމުގެ ދަށުން ދޫކޮށްލާފައިވާ 66 ބިމެއް 2018 ވަނަ އަހަރު ވިއްކާލަން ވެސް ސަރުކާރުން އޭރު މަސައްކަތްކުރިއެވެ. ނަމަވެސް އެ ފަހަރު މި ބިންތައް ނުވިއްކުނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް