އިންޑިއާއިން ކިޔަވަން ހުރިހާ ހަރަދަކާ އެކު 18 ސްކޮލާޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

 

އަވައްޓެރި އިންޑިއާއިން މަތީތައުލީމު ހާސިލުކުރަން ހުރިހާ ހަރަދެއް ދޭ ގޮތަށް 18 ސްކޮލާޝިޕެއްގެ ފުރުސަތު ހަޔާއެޑިއުކޭޝަން މިންސްޓްރީން ހުޅުވާލައިފި އެވެ.

 

މިނިސްޓްރީން ހުޅުވާލައިފައި ވަނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކިޔަވަން ބޭނުންވާ 11 ފުރުސަތަކާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކިޔަވަން ބޭނުންވާ ހަތް ފުރުސަތަކަށެވެ.

މި ފުރުސަތު ހުޅުވާލައިފައި ވަނީ އިންޑިއާގެ ދެ ކޮލެޖަކުން ނެވެ. އެއީ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގާއި މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަނެވެ. އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ފުރުސަތު ދޭނީ ރާއްޖޭގެ 10 ސަރަހައްދަކުން ވަކި އަދަދެއްގެ ދަރިވަރުންނަށެވެ. އެއީ ހދ. ރ، ލ، ގދ، ، ޏ، އައްޑުސިޓީ އަދި މާލެ ސަރަހައްދެވެ.

 

އެ ސަރަހައްދަކަށް ޝަރުތު ހަމަވާ އެއްވެސް ދަރިވަރެއް އެޕްލިކޭޝަން ހުށަހަޅުއްވާފައި ނުވާނަމަ، އެކި ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ދަރިވަރުން، މެރިޓް އުސޫލުން ބަލާ އެންމެ މަތިން މާކުސް ލިބޭ ދަރިވަރެއް އެސަރަހައްދަކަށް ހޮވޭނެ އެވެ.

ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އޮގަސްޓު އެއްވަނަ ދުވަހުގެގެ ކުރިން އެޕްލައި ކުރަން ޖެހެ އެވެ.

އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން އެޕްލިކޭޝަން ހުށަހަޅަން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިސްކަންދޭ ތަރުތީބުން އެނގޭނެ ގޮތުގެ ލިޔުން ހުށަހަޅަންޖެހެއެވެ.

ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެ ކިއުންތައް އެ މިނިސްޓްރީގެ ފޯޓަލް މެދިވެރިކޮށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް