​މާލެ ސަރަޙައްދުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެނީ!

Loading

Facebook
Twitter
WhatsApp

އަންނަ ބުދަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ތައްޔާރުވެފައެވެ.

އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ މާތް ﷲގެ އިރާދަފުޅާއެކު މި ހަފްތާގެ ހުކުރު ނަމާދު ކުރެވިގެން ދާނީ މިސްކިތު ޖަމާޢަތުގައިކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް މިސްކިތްތައް ބަންދުކޮށްފައިވަނީ މެއި މަހުގެފަހުކޮޅުގައެވެ. އެއާ އެކު އެޅި އިތުރު ފިޔަވަޅުތަކަށް ފަހު، ފައްސިވަމުންދާ އަދަދުތައް މަދުވަމުން ދިޔުމާ ގުޅިގެން މި މަހު ވަނީ މިސްކިތްތަކުގައި ޖަމާޢަތް ނުހަދައި ނަމާދު ކުރެވޭނެ ހުއްދަ ދީފައެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވަމުންދާތީ މާދަމާ އިތުރު ލުއިތަކެއް ދޭން ނިންމާފައިވާއިރު އޭގެ ތެރެއިން އެއް ލުޔަކީ ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުން ކަމުގައި ވީނަމަވެސް މިކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް