އެމްއެމްޕީއާރުސީގެ މައްސަލަ ބެލީމާ މަޖިލިސް ރައީސް އަންނިގެ ގޮނޑި ގެއްލޭނެ: ފުރަހަނި ޝުޢައިބު

އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުން މަޖިލިސްގެ ރައީސް އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދު) ގެ ގޮނޑި ގެއްލޭނެކަމަށް އެމްޑީޕީގެ ކުރީގެ އިސްބޭފުޅެއްކަމުގައިވާ ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ. ”އެކަމާ އަޅުގަނޑު ޝައްކު ނުކުރަން.“ ޝުޢައިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. ޝުޢައިބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނެންގެވީ މަޖިލީހުގެ ރައީސް އަންނި ބުރޯ އެވެ. އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނެންގެވީ މަޖިލީހުގެ ރައީސް އަންނި ބުރޯ ކަމަށް ޝުޢައިބު ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު […]

ރާޅެއް ނޫން އިންޑިއާއަށް އެރީ ކޮރޯނާގެ ޠޫފާނެއް: ބޮޑުވަޒީރު މޯދީ

އިންޑިއާއަށް އައިސްގެން އުޅެނީ ކޮރޯނާގެ ރާޅެއް ނޫން ކަމަށާއި ކޮރޯނާގެ ޠޫފާނެއްކަމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ގައުމާ މުޚާޠަބު ކުރައްވައި މޯދީ ދެއްވާ ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކޮރޯނާ ޠޫފާނުން މުޅި ގައުމު ސިއްސުވާލައިފި ކަމަށެވެ. މޯދީ ވިދާޅުވީ ގިނަ އަދަދެއްގެ އިންޑިއާ މީހުން ކޮރޯނާގެ ސަބަބުން ވަގުތު ޖެހުމުގެ ކުރިން މަރުވެފައިވާކަމަށެވެ. އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރުވެސް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ތިން […]

ކޮވިޑް-19 ގެ ސަބަބުން ނޫސްވެރިންނަށް ގިނަ ދަތިތަކާ ކުރިމަތި ލާންޖެހޭ

ރިޕޯޓާރސް ވިތައުޓް ބޯރޑާރޒްއިން ނެރުނު ރިޕޯޓެއްގައި ވާގޮތުގައި ދުނިޔޭގެ 180 ގައުމުގެ ތެރެއިން 73 ގައުމުގައި ކޮރޯނާ ވައިރަހުގެ ސަބަބުން ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް ކުރުމުގައި ގިނަ ގުނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭ ޙާލު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ވަޒީފާ އަދާކުރަމުން ދާއިރު ނޫސްވެރިންނަށް ދަތުރުފަތުރު ކުރުމުގައިވެސް ގިނަ ދަތިތަކަކާ ކުރިމަތި ލާން ޖެހެއެވެ. މެލޭޝިޔާގައި ކަނޑައަޅާފައިވާ ގާނޫނު ތަކުގެ ސަބަބުން އެ ގައުމުގެ ނޫސްވެރިންނަށް ވަރަށް ގިނަ […]

މަސްވެރިޔަކު އާދަޔާ ޚިލާފު ނޫކުލައިގެ އިއްސެއް ހިފައިފި

އުމުރުން 25 އަހަރުގެ ޓޮމް ލަމްބޯން އަކީ ޕެންޒެންސްގެ ރަށެއް ކަމުގައިވާ ނިއުލީންގައި ދިރިއުޅެމުންދާ އާދައިގެ މަސްވެރިއެކެވެ. އޭނާ މި ނޫކުލައިގެ އިހި ހިފާފައި ވަނީ އިނގިރޭސިވިލާތުގެ ކޯންވޯލްގެ ވަށައިގެންވާ ފަރުގައި މަސްވެރިކަން ކުރުމަށް ގޮސް ކުރި މަސައްކަތުގައެވެ. އޭނާއަށް ހިފި ނޫކުލައިގެ އިއްސަކީ ވަރަށް މަދުން ނޫނީ ނުހިފޭ އެއްޗެކެވެ. މީގެ އިހި ހިފެނީ ދެމިލިއަން ފަހަރުން އެއްފަހަރުކަމަށް ކަމުގެ މާހިރުން ބުނެއެވެ. މި ނޫކުލައިގެ އިހީގެ ދިގުމިނަކީ އެއް ފޫޓެވެ. ޓޮމް ލަމްބޯން ވަނީ […]

ވަޒީފާއަށް 15 އަހަރު ނުނިކުމެ މުސާރަ ހޯދި މައްސަލައިގައި ދައުވާކޮށްފި

އިޓަލީގެ މީޑިޔާތަކުން މައުލޫމާތު ދޭ ގޮތުގައި އިޓަލީގެ މީހަކު ފާއިތުވި 15 އަހަރުވެސް ވަޒީފާއަށް ނުގޮސް ވަނީ ސަލާމް ބުނެފައެވެ. އެކަމަކު އެ ހޮސްޕިޓަލުން އޭނާއަށް ބަރާބަރަށް މުސާރަ ވަނީ ދީފައެވެ. ފާއިތުވި 15 އަހަރުގެ ތެރޭގައި ޖުމްލަ 464000 ޕައުންޑް އޭނާއަށް މުސާރައިގެ ގޮތުގައި ދީފައިވާނެކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އޭނާއަކީ ކަޓަންޒަރާގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ޗިއާކިއާއު ނަމަކަށް ކިޔާ ހޮސްޕިޓަލެއްގެ މުވައްޒަފެކެވެ. އެންމެފަހުން އޭނާ ވަޒީފާއަށް ނިކުމެފައިވަނީ 2005 ވަނަ އަހަރު […]

ނަމާދު- ބަންގި ދިނުމަށްފަހު މިސްކިތުން ނުކުތުން:

ބަންގިދޭ މުއައްޒިނަށް އިޖާބަ ނުދިނުމާއި ޢުޒުރަކާނުލައި ނުވަތަ އެނބުރި އައުމަށް ގަސްދު ކުރުމަކާއި ނުލައި ބަންގި ދިނުމަށްފަހު މިސްކިތުން ނުކުތުން ނަހީ ވެގެންވުން ދަންނައެވެ. ބަންގިއަށް އިޖާބަ ދިނުމަކީ ނަމާދަށް ޖަމާޢަތަށް ޙާޒިރުވުމެވެ. ފަހެ އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. މިއުންމަތުގެ ނަބިއްޔާ ތިމަންނައަށް އަމުރު ކުރެއްވިއެވެ. ތިއަބައިމީހުން މިސްކިތުގައި ވަނިކޮށް ނަމާދަށް ގޮވާލެވިއްޖެނަމަ ފަހެ ނަމާދު ކޮށްފުމަށް ދާންދެން ތިޔަބައިމީހުންކުރެ މީހަކު ހަމަ އެއްގޮތަކަށްވެސް މިސްކިތުން ނުނިކުންނަ ހުށްޓެވެ. (ރަވާހު އަޙުމަދު) އަބޫ ޝަޢުޝާއު […]

އިންޑިއާއިން ގެސްޓްހައުސް ތަކަށް އައުން މަނާކޮށްފި:

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން، ނަމަވެސް ކަރަންޓީނު ވުމުގެ ގޮތުން ރާއްޖޭގެ ގެސްޓުހައުސް ތަކުގައި މަޑުކުރުން އަންނަ އިންޑިއާ ގެސްޓުން އައުން ހެލްތް އެޗް.ޕީ.އޭ އިން މިއަދު މަނާކޮށްފި އެވެ. އިންޑިއާގެ މިހާރުގެ ކޮވިޑް19 ގެ ޙާލަތަކީ ނިއުދިއްލީން ބުނާގޮތުގައި ހެލްތް ސުނާމީއެވެ. އިންޑިއާގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލުން ނައްޓައި ހަލުވިކަމާއި އެކު ފެތުރެމުންދާއިރުވެސް އިންޑިއާއިން ޓޫރިސްޓުން ރާއްޖެ އައުން މަނާނުކުރާތީ ވަރަށްގިނަ އާންމުގެ ކޮންބޮނޑުވުން ފާޅުކުރަމުންދާތާ ހަފްތާއެއް ވެފައިވަނިކޮށް މިއެޅި ފިޔަަވަޅަކީ ކޮންމެހެން އެޅުން […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 218 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 218 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 135 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަަކުން މީހަކުވަނީ ފައްސިވެފައެވެ.އަނެއް 76 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 27,621 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,307 އެކްޓިވް ކޭސް ހިމެނޭއިރު 101 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ […]

އިންޑިއާ ކޮވިޑް-19ގައި ބަރުބާދު ވަނީ. އެއްދުވަހުގެ ތެރޭގައި އަނެއްކާވެސް ތިން ލައްކައަށްވުރެ ގިނަ މަރު

މިހާރު ފެންނަމުން ދަނީ އިންޑިއާ ކޮވިޑް-19 ގައި ބަރުވަމުންދާތަނެވެ. ހުކުރު ދުވަހުވެސް 332،730 މީހުން ބައްޔަށް ފައްސިވިއެވެ. އަދި ދެހާހަށްވުރެ މީހުން މަރުވިއެވެ. އޭގެ ކުރީ ތިން ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ގައުމުގެ ތިންލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އަދި ކޮންމެ ދުވަހަކު ދެހާހަށް ވުރެ ގިނައިން މަރުވެފައި ވެއެވެ. އިންޑިއާގައި ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރި މުޅި ގައުމު ބަރުބާދުވަމުންދާތީ އެކި ގައުމުތަކުން ދަނީ އިންޑިއާއަށް އޯގާތެރިކަމުގެ އަތެއް އެހީތެރިވުމަށް ހުށަހަޅަމުންނެވެ. އިންޑިއާއިން […]

ރާއްޖޭގެ ރަށްތަކުގައި ކޮވިޑްގެ ބަލީގެ މީހުން ގިނަވެ ބިރުވެރިކަމެއްގެ ތެރެއަށް!

އޭޕްރިލް 10ގައި ބޭއްވި ކައުންސިލް އިލެކްޝަން އަށް އެޗްޕީއޭގެ ހެލްތް އިމާރޖެންސީ ގަވައިދުތަކަށް ދޫދީ ކޮވިޑް ޖެހިފައިތިބި މީހުންނަށްވެސް ވޯޓްލެވޭނެ ގޮތް ހަދައިދީ އަދި އެއް ރަށުން އަނެއް ރަށަށްވެސް ކަރަންޓީނު ވުމެއްނެތި ދަތުރުކޮށް ވޯޓުލުމަށް ދެވޭގޮތް ހެދުމުން މިހާރު މިވަނީ ރާއްޖޭގެ ރަށްތަކުގައި ކޮވިޑްގެ ބަލީގެ މީހުން ގިނަވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ ރަށްތަކަށް ކޮވިޑްގެ ބަލި ވަރަށް ބޮޑަށް ފެތުރި އެތައް ސަތޭކަ މީހުނެއް އެރަށްރަށުގައި ގޭބަންދުވެ ކަރަންޓީނުވާންޖެހިފައެވެ. އަދި އޭގެ ތެރެއިން ގިނަރަށްރަށުގައި […]