ރާއްޖެއިން ކޯވިޑް19 އަށް އިތުރު 218 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 135 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަަކުން މީހަކުވަނީ ފައްސިވެފައެވެ.އަނެއް 76 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 27,621 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,307 އެކްޓިވް ކޭސް ހިމެނޭއިރު 101 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 71 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 24,234 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.