ކޮވިޑް-19 ގެ ސަބަބުން ނޫސްވެރިންނަށް ގިނަ ދަތިތަކާ ކުރިމަތި ލާންޖެހޭ

Loading

Facebook
Twitter
WhatsApp

ރިޕޯޓާރސް ވިތައުޓް ބޯރޑާރޒްއިން ނެރުނު ރިޕޯޓެއްގައި ވާގޮތުގައި ދުނިޔޭގެ 180 ގައުމުގެ ތެރެއިން 73 ގައުމުގައި ކޮރޯނާ ވައިރަހުގެ ސަބަބުން ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް ކުރުމުގައި ގިނަ ގުނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭ ޙާލު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ވަޒީފާ އަދާކުރަމުން ދާއިރު ނޫސްވެރިންނަށް ދަތުރުފަތުރު ކުރުމުގައިވެސް ގިނަ ދަތިތަކަކާ ކުރިމަތި ލާން ޖެހެއެވެ.

މެލޭޝިޔާގައި ކަނޑައަޅާފައިވާ ގާނޫނު ތަކުގެ ސަބަބުން އެ ގައުމުގެ ނޫސްވެރިންނަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެއެވެ. ސަބާހްގެ ބައެއް ސަރަހައްދު ތަކުގައި މަގުފޭރޭ މީހުންގެ ނުރައްކާވެސް ވަނީ އިތުރުވެފައެވެ. މިފަދަ ގިނަ ދަތިތަކާއެކުވެސް ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްގުވާ މަސައްކަތެކެއް ކަމުގައި ރިޕޯޓާރސް ވިތައުޓް ބޯރޑާރޒްއިން ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް