ކޯވިޑް19: މިއަދު ފެނުނީ އިތުރު 164 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 164 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 68 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 24 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުން 2 މީހަކު އަދި ހަދަމުން އަންނަ ރަށަކުން 3 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 67 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 27,084 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,939 އެކްޓިވް […]

ބަރުލަމާނީ ބަޣާވާތް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކެނެރީގޭ މުޙައްމަދު ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މެސެޖެއް ކުރައްވައި ރާއްޖޭގެ ޖުމްހޫރީ ވެރިކަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކޮށް، ބޮޑު ވަޒީރުކަން ހޯއްދަވަން އުޅުއްވި ގޮތުން ރައީސް ނަޝީދަށް ވުރެ ވެރިކަމުގެ ދަހިވެތިކަން ބޮޑު އަމިއްލަ އެދުންފުޅުން ފުރިގެންވާ ސިޔާސީ ބޭފުޅަކު މި ދިވެހި ފަސްގަނޑުގައި ނެތްކަން ސާބިތުވެގެން ހިގައްޖެއެވެ. ރާއްޖޭގެ ސިޔާސީ އަދި ގާނޫނީ ދާއިރާގެ ބައެއް […]

އެންމެ ދުވަހެއްގެ ތެރޭގައި އިންޑިއާގެ ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

އެންމެ ދުވަހެއްގެ ތެރޭގައި ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސްޖެހި އެ ބަލީގައި ދެ ހާހަށްވުރެ ގިނަ މީހުން ބުދަދުވަހު މަރުވީ ޚަބަރު ލިބުމުން ހާސްވެ ކަންބޮޑުވީ ހަމައެކަނި އިންޑިއާގެ 1.4 ބިލިއަން މީހުންނެއް ނޫނެވެ. މުޅިދުނިޔެއަށް ވެސް ވަރަށް ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަމެއް ފެތުރިގެންދިޔައެވެ. ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ދުނިޔޭގެ އެއްވެސް ގައުމެއްގެ ބަޔަކަށް އެއްދުވަހުގެ ތެރޭގައި މިހާގިނަ އަދަދަކަށް ކޮރޯނާ ވައިރަސް ޖެހިފައެއްނުވެއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. އެންމެ 24 ގަޑިއިރުގެ […]

އިޒްރޭލުން މަސްޖިދުލް އަގުސާއަށް އަނެއްކާވެސް ހަމަލާއެއް ދީފި

ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުން މަސްޖިދުލް އަގުސާގައި އަޅުކަންކޮށް ރޯދަވީއްލުމަށް އެއްވެފައި ވަނިކޮށް ނިކަމެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނެއްކާވެސް އިޒްރޭލުގެ ސިފައިން ވަނީ ހަމަލާއެއް އަމާޒުކޮށްފައެވެ. މުސްލިމުން ރޯދަވީއްލުމަށް އެއްވެފައި ވަނިކޮށް އިޒްރޭލުގެ ސިފައިން ވަނީ މިސްކިތުގައި ހުރި ލައުޑްސްޕީކަރުތަކުން ކަރަންޓު ކަނޑާލައި ރޯދަ ވީއްލުމަށް ގެނަސްފައިހުރި ކާތަކެތި އަތުލާފައެވެ. އަދި ނަމާދު ވަގުތު ބަންގި ގޮވުމަށް ވެސް އިޒްރޭލު ސިފައިން ވަނީ ހުރަސްއަޅާފައެވެ. މީގެ އިތުރުން އިޒްރޭލު ސިފައިން ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ […]

އިންޑިޔާގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެއްޖެ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިންޑިޔާއިން އޮކްސިޖެން ޓޭންކު އެ ގައުމަށް އެތެރެކޮށްފައިވާ މިންވަރު އިތުރުކޮށްފައިވީ ނަމަވެސް މިހާރު އިންޑިޔާގެ ސިޓީއެއް ކަމުގައިވާ ނިއުދިއްލީގެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވެފައިވާކަމަށް ހޮސްޕިޓަލުތަކުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިކަމާ ގުޅިގެން އެ ހޮސްޕިޓަލުތަކުން ދަނީ މީސްމިޑިޔާގައި އެހީތެރިކަމަށް އެދި އާދޭސްކުރަމުންނެވެ. ނިއުދިއްލީގެ ހޮސްޕިޓަލުތަކުން ބުނަމުންދާގޮތުގައި އެމީހުންނަށް ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އޮކްސިޖަން ޓޭންކު ނުލިބިއްޖެނަމަ އޮކްސިޖަން ސަޕްލައި އެއްކޮށް ހުސްވާނެއެވެ. މިހެން މިކަން ވެއްޖެނަމަ އެތައް ސަތޭކަ […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 253 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 253 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 61 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 64 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުން 17 މީހަކުވަނީ ފައްސިވެފައެވެ. އަނެއް 111 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 26,920 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,905 އެކްޓިވް ކޭސް ހިމެނޭއިރު 83 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]

އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ރަތް ލިސްޓުގައި އިންޑިޔާ ހިމަނައިފި

އިންޑިޔާގައި ކޮރޯނާ ވައިރަހަށް މީހުން ފައްސިވާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވަމުން ދިޔުމާ ގުޅިގެން އެ ގައުމަށް ދަތުރުކުރުން މަނާކޮށް އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ރަތް ލިސްޓުގައި އިންޑިޔާ ހިމަނައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، އިންޑިޔާގެ ދިއްލީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަރުފުޅު ކެންސެލް ކުރެއްވި ފަހުންނެވެ. ހެލްތް ސެކެރެޓްރީ މެޓް ހޭންކޮކް މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ރަތް ލިސްޓުގައި އިންޑިޔާގެ ނަން ހިމެނުމާ ގުޅިގެން އެ […]

މަރުގެ ސަކަރާތް:

ނުބައިމީހުންގެ ފުރާނަ މިދުނިޔެއިން ވަކިވެ އާޚިރަތާއި ކުރިމަތިލުމުން ކަޅުއަނދިރި މޫނެއްގެ ވެރި އެތަކެއް ހާސް މަލާއިކަތުން ވަރަށް ނުބައި ވަސްދުވާ ސާންތިތަތެއް ހިއްޕަވއިގެން އޭނާގެ ކައިރއަށް ވަޑައިގެން އެތުރިގެން ތިއްބަވާނެއެވެ. މިބެއިކަލުންގެ ސަފުތައް އޭނާގެ ލޮލުކޮޅަށް ދެމިގެންދާނެއެވެ. އެހިނދު މަލަކަލް މައުތް ވަޑައިގެން ވިދާޅުވާނެއެވެ. ”އޭ ނުބައި ފުރާނައާއެވެ. ކަލޭ ހެއްދެވިފަރާތުގެ ނުރުއްސެވުމާއި ދިމާއަށް އަންނާށެވެ.“ މަލަކަލް މައުތުގެ މި އަޑުފުޅު އަހާފައި އެމީހާގެ ފުރާނަ ހަށިގަނޑުގެ އެތެރޭގައި އެތަންމިތަނަށް ދުވަންފަށާނެއެވެ. ދެން އެމަލާއިކަތާ އޭނާގެ މެއާއި […]

ރުވާންޑާގައި 1994 ވަނަ އަހަރު ހިނގި ގަތުލުއާންމު ހުއްޓުވުމަށް ފަރަންސޭސިވިލާތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ

ރުވާންޑާގައި 1994 ވަނަ އަހަރު ހިންގާފައިވާ ގަތުލުއާންމަކީ މުޅި ދުނިޔެ ސިއްސުވާލި، އިންސާނީ ކަރާމާތާ ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. މި ގަތުލުއާމުގައި ޖުމަލަ 800000 އަށްވުރެ ގިނަ މީހުން އެއްވެސް ކުށަކާ ނުލައި ގަތުލު ކުރެވުނެވެ. މި ފަދަ ބޮޑު ކަމެއް ހިނގަމުން ދިޔައިއިރު އެކަން ނުހުއްޓުވުނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން މިކަމަށް ބީރުކަންފަތެއް ދިނުމުންނެވެ. ރުވާންޑާގެ ސަރުކާރުން މިކަމާ ބެހޭގޮތުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ގަތުލުއާންމު ހިނގަމުން ދިޔައިރު ފަރަންސޭސިވިލާތުގެ […]

ސުދާނުން އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ކަނޑައަޅާފައިވާ ގާނޫނު އުވާލަން ނިންމައިފި

އަނެކާވެސް އެހެން މުސްލިމް ގައުމަކުން ފަލަސްތީނަށް ސަޕޯޓުކުރުން ހުއްޓާލައި އިޒްރޭލާ އެކު ގުޅުން ބަދަހި ކުރަން ނިންމައިފިއެވެ. ފަހަކަށް އައިސް ފެންނަމުން ދިޔައީ ސުންނީ އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކުރަމުން އަންނަ މަންޒަރެވެ. މިހެން މިކަން ކުރަމުންދަނީ އެ ގައުމުތަކުގެ އިގްތިސާދު ރަނގަޅުކުރުމުގެ ނަމުގައެވެ. މިހާރު މިގޮތަށް ގުޅުން ބަދަހި ކޮށްފައިވާ މުސްލިމް ގައުމުތަކުގެ ލިސްޓަށް ސޫދާންގެ ނަން ވަނީ އިތުރުވެފައެވެ. ދާދިފަހުން އެ ގައުމުން ވަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ކުރިން އެ ގައުމުން […]