ސުދާނުން އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ކަނޑައަޅާފައިވާ ގާނޫނު އުވާލަން ނިންމައިފި

Loading

Facebook
Twitter
WhatsApp

އަނެކާވެސް އެހެން މުސްލިމް ގައުމަކުން ފަލަސްތީނަށް ސަޕޯޓުކުރުން ހުއްޓާލައި އިޒްރޭލާ އެކު ގުޅުން ބަދަހި ކުރަން ނިންމައިފިއެވެ.

ފަހަކަށް އައިސް ފެންނަމުން ދިޔައީ ސުންނީ އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކުރަމުން އަންނަ މަންޒަރެވެ. މިހެން މިކަން ކުރަމުންދަނީ އެ ގައުމުތަކުގެ އިގްތިސާދު ރަނގަޅުކުރުމުގެ ނަމުގައެވެ.

މިހާރު މިގޮތަށް ގުޅުން ބަދަހި ކޮށްފައިވާ މުސްލިމް ގައުމުތަކުގެ ލިސްޓަށް ސޫދާންގެ ނަން ވަނީ އިތުރުވެފައެވެ. ދާދިފަހުން އެ ގައުމުން ވަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ކުރިން އެ ގައުމުން ނިންމާފައިވާ ނިންމުން އުވާލަފައެވެ. 1958 ވަނަ އަހަރު ތަންފީޒުކޮށްފައިވާ މި ގާނޫނުގެ ދަށުން އެ ގައުމުން އިޒްރޭލާއެކު އެއްވެސް ކަހަލަ ގުޅުމުއް ބޭއްވުން ވަނީ މަނާކޮށްފައެވެ. މި ގަވައިދު އުވާލައި އިޒްރޭލާ އެކު ވިޔަފާރީގެ ގުޅުން ގާއިމު ކުރުމަށް ހުއްދަދީ މިދިޔަ ހޯމަދުވަހު އެގައުމުގެ މަޖިލީހުންވަނީ ބިލެއް ތަންފީޒުކޮށްފައެވެ. މިކަން އިއުލާނުކޮށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރ ނަސްރުއްދީން ޢަބްދުލްބާރީ ވަނީ ޓްވީޓެއްވެސް ކުރައްވަވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް