ކޯވިޑް19: މިއަދު ފެނުނީ އިތުރު 164 ވޭދަނަ!

51

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 164 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 68 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 24 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުން 2 މީހަކު އަދި ހަދަމުން އަންނަ ރަށަކުން 3 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 67 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 27,084 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,939 އެކްޓިވް ކޭސް ހިމެނޭއިރު 90 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 71 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 24,065 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ